ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސްއިން 40 ދާއިރާއަށް ވާދަކުރޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހުގެ 40 ދާއިރާއަށް ކުރިމަތިލުމަށް އިލެކްޝާންސްކޮމިޝަންއަށް ފޯމް ހުށަހަޅައިފިއެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، އެޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ އިންިޚާބުގައު 40 ދާއިރާއަށް ކެންޑީޑޭޓުން ވާދަކުރައްވާނެކަމަށެވެ. ނަމަވެސް ކުރިމަތިލާފައިވާ 40 ދާއިރާއާއި ބެހޭ ތަސްފީލް ހަސަން ދެއްވާފައެއް ނުވެއެވެ.

40 ކެންޑިޑޭޓުންގެ ތެރޭގައި 12 އަންހެން ބޭފުޅުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއިން ވަނީ ޕާޓީ ވުޖޫދުވި ފަހުން އައި ހުރިހާ އިންތިޚާބެއްގައި ބައިވެރިވެފައިވާނެކަން ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިޚާބު އަދި މާލޭ މޭޔަރު އިންތިޚާބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލިސް އިންތިޚާބުގެ ރޯދައިގެ ފަހަށް ބޭއްވުމަށް ގެނެވިފައިވާ އިސްލާހު ރައީސް ތަސްދީގުކޮށްދެއްވުމަސް ހަސަން ލަތީފް ވަނީ އެދިވަޑައިގެންފައެވެ. ރޯދަ މަހު އިންތިޚާބު ބޭއްވުމުން ރައްޔިތުންނަށް ދިމާވާނެ ދަތިތައް އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 62%ބޮޑު ޖޯކެއް 23%ހައިރާންވެއްޖެ 15%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: