ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ފަސްއަހަރުގެ ޕްލޭނަކާއި އެކު ކުރިއަށް ދިއުން، ޑިމޮކްރެޓްސްއަށް އޮތީ ކާމިޔާބު ދުވަސްތަކެއް: އަމްރު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓުގެ ގޮތުގައި ވަދަކުރި އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ އަމާޒަކީ ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި ކުރިޔަށް ގޮސް، ރިޔާސީ އިންތިހާބު ކޯލިޝަނަކާއި ނުލައި ކާމިޔާބު ކުރުންކަމަށް އެ ޕާޓީގެ އިންޓަރިމް ކައުންސިލް މެންބަރ އަދި ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް، އުފެއްދި ޑިމޮކްރެޓްސްއަށް ވޯޓުގެ ހަތް އިންސައްތަ ލިބިފައި ވެއެވެ. އަދި އެ ޕާޓީގެ އިސް ބޭފުޅުން ގަބޫލު ކުރާ ގޮތުގައި، އެ އަދަދު އެއީ ވޯޓުގެ ނަތީޖާތައް ބަދަލުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ގެއްލުނު އެންމެ ބޮޑު ސަބަބެވެ.

ކުރިޔަށް މުހިންމު އިންތިހާބުތަކެއް ވެސް އޮތުމާއި އެކު، ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތުގެ އިތުރުން އިސް މަގާމުތަކަށް މެމްބަރުން ހޮވުމުގެ ކެމްޕެއިން މިހާރު ދަނީ ކުރިޔަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ހުންނެވި އަމްރު ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާއިރު އޭނާގެ އަމާޒަކީ އައު ޖީލެއް ގައުމުގެ ކުރިމަގަށް ކުރާ މަސައްކަތަށް އެހީވުމެވެ. އެކަން ފާހަގަކޮށް  ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި އަމްރު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރައްވާނެ ކަމަކީ މެނިފެސްޓޯއެއް އެކުލަވާލުމާއި އެއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން ކަމަށެވެ. އަދި ރާއްޖޭގައި އެންމެން ވެސް ބޭނުން ވަނީ ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތެއްކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން އެކަން ހާސިލު ކުރުމަށްޓަކައި ތަސައްވަރެއް ގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބެއް އޮތަސް ނެތަސް ކެމްޕެއިންކޮށް ތާއީދު އިތުރު ކުރުމުގެ މަސައްކަތް ކުރަން ޖެހޭކަމަށާއި އަދި ސިޔާސީ ޕާޓީއަކީ އަބަދު ވެސް އިދާރީ އޮނިގަނޑު ތެރެއިން އެކަން ކުރަން ޖެހޭނެ ބައެއްކަމަށް އަމްރު ވިދާޅުވިއެވެ. ކަމެއް ހިގައި ނުވަތަ ދޭން ޖެހޭ އެލެވަންސްތައް ނުދީ ހުރުމުން އެކަމުގެ ތަފާސްހިސާބުތަށް ބަލައި އެކަމާމެދު ވަކާލާތު ކުރުމުން އާންމު މެންބަރުންނާއި އާންމުގެ ގުޅުން އިތުރަށް ރަނގަޅުވެގެން ދާނެކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑުއާއި ހިސާބަށް ވާސިލުވުމަށްތަކައި ފަސް އަހަރުގެ ޕްލޭނެއްގެ ދަށުން އެކި ސިޓީ ތަކުގައާއި އަދި ރަށް ތަކުގައި އެކި ޕްރޮގްރާމްތަށް ހިންގާނެ ކަމަށެވެ. އެހެން ޕާޓީގެ ހަރަކާތްތަށް އިންތިޒާމުވެގެން ހިންގާނަމަ ރައްޔިތުންނަށް ދައްކުވައިދޭން މަސައްކަތް ކުރާ މަންޒަރު ސާފުވެގެން ދާނެކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއަށް މެންބަރުން އިތުރު ކުރުމަށް ވެސް މުހިންމު ކަންކަން ކުރެވޭނެ ކަމަށާއި އެގޮތުން އާންމު މެންބަރުންނަށް ދިމާވާ ކަންކަން ޕާޓިގެ ފަރާތުން ބަލައި އެކަމަށް އެހީ ފޯރު ކޮށްދިނުމުން ޕާޓީއަށް މީހުން ވަންނަށް ބޭނުންވާނ ކަމަށް އަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާޓި އެކްޓިވްކޮށް މަސައްކަތް ކުރާނަމަ އެކަން ރައްޔޮތުންވެސް ބަލައިގަންނާނެ ކަމަށާއި އަދި ޕީޓީއަށް ވަންނަން ބޭނުން ވާނެ ކަމަށެވެ.

މީގެއިތުރުން އަމްރު ވިދާޅުވީ ޒުވާނުންނަށް ޕާޓީގެ މަގާމްތަކަށް ޖާގަ ދޭންޖެހޭކަމަށާއި އަދި އެގޮތަށް އެފުރުސަތު ދީފިނަމަ ގިނަ ޒުވާނުން އެކަން ބަލައިގަންނާނެ ކަމަށާއި ވާސިލްވާން ބޭނުންވާ ހިސާބަށްވެސް ވާސިލް ވެވޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: