ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއަށް ކެމްޕެއިން ކޮށްދެއްވި އެންމެހާ ފަރާތްތަކަށް އަމްރުގެ ޝުކުރު!

އަމްރު ރައީސް ނަޝިދާއިއެކު އެމަނިކުފާނުގެ ކެމްޕެއިންގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ރިޔާސީ ކެންޑިޑޭޓުގެ ރަނިންގް މޭޓު ހުސައިން އަމްރު ޝުކުރު ދަންނަވައިފިއެވެ.

އަމްރު އަމިއްލަ ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި އޭނާވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިންގެ ނަތީޖާއާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ. އެގޮތުން ޑިމޮކްރެޓްސްއިން ޕާޓީ އުފެއްދިތާ ދެމަސްދުވަހުގެ ތެރޭގައި ހިންގާފައިވަނީ ހަލުވި ކެމްޕެއިނެއްކަމަށާއި ހާސިލުކުރެވުނު ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް ކެމްޕެއިން ޓީމުތަކުގެ ބުރަ މަސައްކަތްތައް ވާކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ކެމްޕެއިން ކޯޑިނޭޓަރުންނާއި މެމްބަރުން އަދި ދޮރުން ދޮރަށް ހިންގެވުމުގައި ޑިމޮކްރެޓްސްއާއިއެކު ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވެވަޑައިގެންނެވި މީހުންނާއި ސޯޝަލްމީޑިއާއަށް ބޭނުންވާ ސާމާނު އުފެއްދުމުގައި ޝާމިލުވި އެންމެހާ މީހުންނަށްވެސް ޝުކުރު ދަންނަވާކަމަށެވެ.

އަމްރު ވިދާޅުވީ، އިންތިހާބާއިއެކު އެ ޕާޓީއަށް އައު ފެށުމެއް އައިސްފައިވާކަމަށާއި ޑިމޮކްރެޓްސްއިން ދާނީ ކުރިއަށްކަމަށެވެ.

ޑިމޮކްރެޓްސްގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް އަމްރު ޝުކުރު އަދާކުރެއްވިއިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 15،000 އާއި ގާތް ކުރާ އަދަދެއްގެ ވޯޓެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: