ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލީޑާޝިޕް އޮތީ ފެއިލްވެފައި، އެކަން އާންމު މެމްބަރުން ވެސް ގަބޫލު ކުރޭ: އަމްރު

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އަމްރު އާއި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ އިސް ބައެއް މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އާންމު މެމްބަރުންގެ ނަޒަރުގައި، ޕާޓީގެ ލީޑާޝިޕް އޮތީ ފެއިލްވެފައިކަމަށް ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް މެންބަރ އަދި ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައިގެ ތެރެއިން ޕާޓީ ދޫކުރެއްވި، އަމްރުއަކީ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް މެމްބަރެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އަމްރު މަގާމުން ވަކި ކުރިއިރު، އޭނާ ދިޔައީ ވެސް ރައީސް ނަޝީދާއި އެކު މަސައްކަތް ކުރައްވަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވި އަމްރު އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމަށާއި، މި ދާއިރާގައި އާ ޖީލަކަށް ފުރުސަތު ދޭން ޖެހޭކަމަށް އެންމެ ބޮޑަށް މިވަގުތު ވަކާލާތު ކުރަނީ ޑިމޮކްރެޓްސް އެވެ. އެގޮތުން އެ ޕާޓީގެ އެކި މަގާމުތަކަށް ވާދަ ކުރަނީ ވެސް ޒުވާން އުމުރުގެ ފަރާތްތައްކަން ފާހަގަކުރެވެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ޑިމޮކްރެޓްސްގެ އަމާޒަކީ ރާއްޖެ އެހެން މިސްރާބަކަށް ގެންގޮސް އަމާން ބަނދަރަކަށް ވާސިލުވުން ކަމަށެވެ. އެކަމަކު އެ މަސައްކަތަށް އެމްޑީޕީގެ ފާހަގަކުރެވޭ ވަކިވަކި މެމްބަރުންގެ ފާޑުކިއުންތައް ހުއްޓުމެއް ނެތި އަމާޒުވަމުން ދާކަން ފާހަގަކުރެއްވި އެވެ. އަމްރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން އަދިވެސް ޑިމޮކްރެޓްސްގެ ވާހަކަ ދައްކާ ސަބަބަކީ، އެއީ އެބޭފުޅުންގެ ސިޔާސީ ކުރިމަގަށް ލިބެން އޮތް ފައިދާއެއްކަމަށް ބަލައިގެން ކަމަށެވެ. ނުވަތަ ސަމާލުކަން ލިބެން އޮތް މަގަކީ އެއީކަމަށް ގަބޫލުކޮށްގެން ކަމަށެވެ.

އަމްރު ވިދާޅުވީ ޕާޓީގެ ލީޑަޝިޕުން އެ ޕާޓީ ފެއިލްވެފައިވާކަމަށާއި، ރިޔާސީ އިންތިހާބުގައި ވެސް އެމްޑިޕީގެއަށް ވެރިކަން ގެއްލެން މެދުވެރިވި ސަބަަބަކީ ވެސް އެއީ ކަމަށެވެ. އަމްރު ވިދާޅުވީ ޕާޓީގެ ލީޑަޝިޕް ފެއިލްވެފައިވާކަން ހާމަވާ އެއް ސަބަބަކީ އެމްޑީޕީއަކީ އަބަދުވެސް އިންތިހާބެއް ނިމުމުން ކަންހިންގައި ދިޔަގޮތް ބަލައި އެކަމުގެ ރިޕޯޓެއް އެކުލަވާލައި ޕާޓީއެއް ނަމަވެސް އޭގެ ބަދަލުގައި އެހެން ގޮތަކަށް މަސައްކަތް ކުރުމެވެ.

އަމްރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެތަށް ތުހުމަތުތަކެއް ކުރެވޭކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ގިނަ މައްސަލަތަކެއް ބަލަމުން ދާކަން އެނގެން އެބައޮތް ކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްގައި ވެސް މައްސަލަތަކެއް ބަލަމުން ދާކަމަށް ވިދާޅުވި އެވެ.

އިންސާފު ގާއިމު ކުރާނެކަމަށް ވިދާޅުވި ނަމަވެސް 5 އަހަރުގެ މުއްދަތު ތެރޭގައި އެއްވެސް މީހަކަށް އިންސާފު ނުލިބި އޮތުމަކީ އެއީ ވެސް ބަލަން ޖެހޭ ކަމެއްކަމަށާއި އަދި ކަންކަން ހިނގާފައިވާ ގޮތް ބަލައި ޒިންމާވާ ފަރާތުން އެ ޒިންމާ ނަގަން ޖެހޭކަމަށް ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ޕާޓީ ކުރިއަރައިގެން ދާނީ ޒިންމާ ވާންޖެހޭ ފަރާތުން ޒިންމާ ނަގައި އެއްފަރާތްވެ އައު ލީޑަރޝިޕަކަށް ޖާގަ ދީގެންކަމަށެވެ. އެހެންކަމުން މިގޮތަށް ކަންކަން ނުވާ ނަމަ އެމްޑީޕީ އަށް ވެގެންދާނީ ޑީއާރުޕީއަށް ވެގެންދިޔަގޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: