ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ ބައިވެރިވުން ބޭނުން: ހަސަން

ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް ބައްދަލްވުމުގައި ހަސަން ލަތީފް/ ފޮޓޯ: މި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގުމުގައި އާއި، ސަރުކާރުގެ އެކި ވުޒާރާތަކުން ވެސް ބައިވެރިވުން ޑިމޮކްރެޓްސްގެ އޮންނާނެކަމަށް އެ ޕާޓީގެ އިންޓަރިމް ޗެއާ ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ހަތް އިންސައްތައާއި އެކު، ތިންވަނައަށް ދިޔަ ޑިމޮކްރެޓްސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް އެބޭފުޅުން ބޭނުންވީ ސަރުކާރު ބަދަލު ކުރުމަށެވެ. އަދި ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރުމުން ސަރުކާރަށް މަރުހަބާ ކިޔައި، އެ ޕާޓީގެ މެމްބަރުން ދަނީ ސަރުކާރު ހިންގުމުގައި އެއްބާރުލުން ދޭނެކަމަށް ބުނަމުންނެވެ.

ޕާޓީގެ ބައެއް ހަރަކާތްތަކާއި ބެހޭ މައުލޫމާތުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދޭން ނިންމާފައި ވަނީ ކޮން ގޮތްތަކަކުން ތޯ ސުވާލު ކުރުމުން ހަސަން ލަތީފް ވިދާޅުވީ އިންތިހާބީ ރައީސްގެ ސަރުކާރު ހިންގުމުގައި އެއްބާރުލުން ދޭނެކަން މީގެ ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށެވެ. އެއީ ދައުލަތުގެ މަގާމުތައް ވެސް ހިމެނޭހެންކަމަށާއި، ސަރުކާރުގެ އެކި މަސައްކަތްތަކުގައި ޑިމޮކްރެޓްސްގެ އެއްބާރުލުން ލިބޭނެކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ހަމައެކަނި ބޭނުން ވަނީ ސަރުކާރު ހިންގުމުގައި ހިޔާލާއި މަޝްވަރާ ދޭން ނޫންކަމަށާއި، ދައުލަތުގެ މަގާމުތައް މެދުވެރިކޮށް ވެސް މަސައްކަތް ކުރުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން މީގެ ކުރިން ވެސް އެ ވާހަކަ ހާމަކޮށްފައި ވާނީ، ހަމަ އެ މާނައިގައިކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އުންމީދު ކުރަނީ ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން.. ކޮންމެހެން ސަރުކާރު ހިންގުމުގައި މަޝްވަރާ ދިނުމާއި، ހިޔާލު ދިނުން އެކަންޏެއް ނޫން.. ސަރުކާރު ހިންގުމުގައި ވެސް ބައިވެރިވުން.. އެ މާނައިގަ ކުރިން ވެސް އަޅުގަނޑު ކުރިން ވެސް އެ ވާހަކަ ދެންނެވީ.. މިހާރު ވެސް މި ދަންވަނީ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް.. އޭގެ މާނައަކީ ސަރުކާރުގެ މަގާމުތަކުގައި ވެސް ތިބުން

މީގެއިތުރުން ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން މާލޭގެ މޭޔަރުކަމުގެ ގޮނޑި ހުސްވާތީ، ޑިމޮކްރެޓްސްގެ ވިސްނުމަކީ ކޮބައިތޯ އާއި ކައުންސިލްގެ މެމްބަރެއްގެ ގޮތުގައ ހުންނެވި ސައިފް ފާތިހަށް ސޯޝަލް މިޑިއާ ކެމްޕެއިންތައް ކުރިޔަށް ދާކަން ފާހަގަކުރުމުން ހަސަން ލަތީފް ވިދާޅުވީ ވަރަށް އަވަހަށް ޕްރައިމެރީއަކަށް ވާދަކުރުމަށް ހުޅުވާލާނެ އެވެ. އަދި މޭޔަރުކަމަށް ވާދަކުރާނެ ބޭފުޅަކު ކަނޑައަޅާނީ އޭގެ ތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ.

ހަަސަން ލަތީފް ވިދާޅުވީ އެގޮތަށް ފުރުސަތު ހުޅުވާލާއިރު ކައުންސިލްގައި ހުރި މެމްބަރަކަށް އެ ފުރުސަތު ހަނި ކުރުމުގެ ވިސްނުމެއް ނުވަތަ ކައުންސިލްގައި ހުރުމުން އެ ފުރުސަތު ފަހި ކުރުމުގެ ވެސް ވިސްނުމެއް ނެތް ކަމަށެވެ. ސައިފަށް ކެމްޕެއިން ކުރާތަން ފެނިފައިވާކަމަށާއި، އެކަމަކު ސީދާ ސައިފް އެކަން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު ޕާޓީގެ ކެންޑިޑޭޓެއް މޭޔަރުކަމަށް ވާދަކުރާނެކަން ކަށަވަރުކޮށްދޭކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކީއްކުރަން. ތިހިޔާލުތަކެއް ބޭނުމެއްނުވޭ. މުއިއްޒުއަށް ދޫކޮށްލާ. ތިޔައީ ފިތުނަވެރިން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: