ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގެ ވާހަކައަކީ ދޮގެއް: އެސްޓީއޯ

އެސްޓީއޯ ފާމަސީއެއްގެ މުވައްޒަފުން މަސައްކަތުގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޓަމިލްނާޑޫގެ ކުންފުންޏަކުން ބޭސް ގެނައުމުގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި މައުލޫމާތުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯއަށް ބޭސް އެތެރެ ކުރުމަށް އިންޑިއާގެ ޓަމިލްނާޑޫގެ ކުންފުންޏަކާއި އެކުވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިކަމަށް ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އެވެ.

އެސްޓީއޯއިން ބުނީ އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތެއް ކުރިޔަށް ނުދާކަމަށާއި، އަދި އެ ކުންފުނީގެ އެއްބަސްވުމެއްގެ މަސައްކަތް ހުއްޓާލުމަށް އެއްވެސް ފަރާތަކުން އަންގާފައި ވެސް ނެތް ކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހިދުމަތާއި ގުޅޭކަމެއްގައި އިންތިގާލީ މުއްދަތުގައި އެއްބަސްވުމެއް ގާއިމު ކުރާތީ އެކަމާ މެދު މުއިއްޒު ކަންބޮޑުވުންފާޅު ކުރެއްވި ކަމަށެވެ. އަދި މި މަރުހަލާފައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް މީގެ ކުރިން ވެސް އަންގާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އެ އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެއާއި ގުޅޭ އެހެނިގެން ސަޕްލައިތައް ފޯރުކޮށްދިނުމަށްވާ ހާއްސަ އެއްބަސްވުމެއްގެ ތެރެއިން އެސްޓީއޯގެ ޓަމިލްނާޑޫގެ ކުންފުންޏަކާ ދެމެދުވާން ހަމަޖެހިފައިވާ އެއްބަސްވުމެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: