ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް، ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ހިމަނާފައިވޭ!

އިގްތިސާދީ މެނިފެސްޓޯ އާންމު ކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހުށަހެޅުމަށް ތައްޔާރުވެފައިވާ ސަޕްލިމެންޓްރީ ބަޖެޓަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކަށް ބޭނުންވާ 200 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަހަރުގެ ބާކީ އޮތް ދެ މަސް ދުވަހުގެ ހަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. މި ބަޖެޓާއި އެކު މި އަހަރުގެ ޖުމްލަ ބަޖެޓު 49.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ލަފާ ކުރާ އަދަދަށް ވުރެ ހަރަދުތައް ބޮޑުވެ ކޮންމެ އަހަރަކު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހެ އެވެ. މިއަހަރު އަނެއްކާވެސް އިތުރު ހަރަދެއް ހިނގީ ތެލުގެ ހަރަދު ބޮޑުވުމާއި މަޝްރޫއުތަކަށް ކުރި ހޭދައިގެ ސަބަބުންނެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިންވެސްޓްމަންޓު ހޭދައަށް ބަޖެޓު ކުރި އަދަދަށް ވުރެ 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި ވެއެވެ. އަދި އާސަންދަށް އެއްކަނި ވެސް ބަޖެޓު ކުރި އަދަދަށް ވުރެ 487 މިލިއަން ހަރަދު ކުރިއިރު، ސަބްސިޑީއަށް އިތުރު 700 މިލިއަން ވަނީ ހަރަދުކޮށްފަ އެވެ.

ސަންގުޓީވީއަށް މައުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ބޭނުންފުޅުވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޓްރާންސިޝަން ކޮމިޓީން އެދުނު ގޮތަށް 200 މިލިއަން ރުފިޔާ އިތުރުކޮށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި އަދަދު ހަރަދު ކުރަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު އަދި މިހާތަނަށް ނުލިބެ އެވެ.

ސެޕްޓެމްބަރު މަސް ނިމުނު އިރު، މި އަހަރަށް ފަސް ކުރި ބަޖެޓުގެ 80 އިންސައްތަ ވަނޫީ ބޭނުންކޮށްފަ އެވެ. އެކަމަކު އެ ހަރަދުތައް ކުރި ދާއިރާތައް ފެންނާނެ ތަފްސީލީ ރިޕޯޓު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: