ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ ކޮމިޓީން ޑިފެންސް މިނިސްޓްރީއާ ބައްދަލުކޮށްފި

އިންތިގާލީ ކޮމިޓީން ޑިފެންސް މިނިސްޓްރީއާއި ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަސައްކަތްތަކަށް އެކުލަވާލި ކޮމިޓީން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

އައު ސަރުކާރުން މަސައްކަތްތަކާއި ހަވާލުވުމުގެ ކުރިން ސަރުކާރާއި، އިދާރާތްތަކާއި ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ހޯދުމަށް ވަކިވަކި ކޮމިޓީތައް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެކުލަވާލާފަ އެވެ. ކޮމިޓީތަކުގެ މަސައްކަތް މާދަމާއަށް ނިންމާލުމަށް އަމާޒު ހިފައި އެކަމަށް މަސައްކަތް ކުރަމުންދާއިރު މިއަދުގެ ބައްދަލުވުމާއި ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ޑިފެންސް މިނިސްޓްރީން މީޑިއާތަކަށް ބުނީ ވެރިކަން ބަދަލުވުމުގެ މަރުހަލާއާއި ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސިޝަން ކޮމިޓީގެ މެމްބަރުން މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މިނިސްޓްރީން އިތުރަށް ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުމަކީ ރައްޔިތުންނަށް އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭ ގޮތަށް ހިދުމަތް މެދުނުކެނޑި އޮމާންކަމާ އަމާންކަމާއިއެކު މިމަރުހަލާ ގެންދިއުން ކަމަށެވެ.

ސަންގުޓީވީއަށް މައުލޫމާތު ދެއްވަމުން އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ ބައެއް އިދާރާތަކުން މައުލޫމާތުތައް ހޯދުމުގައި ދަތިތައް ދިމާވެ އެއްބާރުލުން ދޭން ދެކޮޅު ހެދިނަމަވެސް ޖުމްލަ ގޮތެއްގައި ކުރެވޭ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

މީގެއިތުރުން އިންތިހާބީ ރައީސްގެ އޮފީހުން ބުނީ މަސައްކަތް ކުރީ ޓްރާންސިޝަނުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާއި ހެދި އެ މަސައްކަތް ދިގުލައިގެން ދިޔަ ކަމަށެވެ. އަދި އަމާޒަށް ވާސިލު ނުވެވުނު ނަމަވެސް މިހާރު މަސައްކަތް ކުރަމުން ދަނީ މާދަމާގެ ނިޔަލަށް މަސައްކަތް ނިންމުމަށްކަމަށް ބުންޏެވެ. އަދި ސަރުކާރުގެ ހާލަތާއި، ދައުލަތުގެ އެތެރޭގެ ކަންކަމުގެ އިތުރުން ވުޒާރާތަކާއި ކުންފުނިތަކުގެ މާލީ ހާލަތު އެ ރިޕޯޓުން އެނގިގެން ދާނެކަމަށް ބުންޏެވެ.

ބައެއް އިދާރާތަކާއި ބައްދަލު ކުރުމަށް ފަހު، ލިބުނު މައުލޫމާތުތައް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުލްﷲ ހަލީލް މީޑިއަތަކާއި ހިއްސާ ކުރައްވާފައި ވެއެވެ.

ފިރުޒުލް ވިދާޅުވެފައި ވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް، ކޮމިޓީތަކުން މިހާތަނަށް ޒިޔާރަތް ކުރަން ޖެހޭ ގިނަ އިދާރާތަކަށް ގޮސް ބައްދަލުވުންތައް ބޭއްވި ކަމަށެވެ. އަދި ކޮމިޓީތަކަށް ފާހަގަކުރެވުނު ކަންކަމުގެތެރޭގައި ފިރުޒުލް ވިދާޅުވީ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިތައް ފާހަގަ ކުރެވުނު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: