ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ ހުނަރުވެރި ޕްރޮގްރާމަށް ވެލްޑަރުން ހޮވުމަށް އޯޕަންޑޭއެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީ ހުނަރުވެރި ޕްރޮގްރާމްގެ ދަށުން ވެލްޑަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމަށް އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އޯޕަންޑޭ ޝެސަންތަކެއް 3 އަތޮޅެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އިން 27 އަށް ލ އަތޮޅާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގައެވެ.

އެމްޓީސީސީގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ އިންޖިނިއަރިންގ އެންޑް ޑޮކިން ޑިވިޒަނަށް ބޭނުންވާ ވެލްޑަރުން ހޯދުން ކަމަށް ކުންފުނިން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ހުނަރުވެރި ޕްރޮގްރާމް މެދުވެރިކޮށް ވެލްޑާ ހުނަރުވެރި ޓްރެއިނީ މަގާމުގެ 15 ވެލްޑަރުން ތަމްރީން ކުރުން ކަމަށާއި އޯޕަންޑޭ އާއި ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާނެ ކަމަށެވެ.

އެމްޓީސީސީގެ ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ދިވެހިން ވަޒީފާތަކަށް ތަމްރީނުކޮށް ފަންނީ ދާއިރާގައި ބިދޭސީންނަށް އޮތް ބަރޯސާވުން ކުޑަކުރެވިގެން ދާނެ ކަމަށް ކުންފުނިންވަނީ ބުނެފައެވެ.

ތިން މަސްދުވަހުގެ މުއްދަަށް ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމުން ތަމްރީން ވުމަށްފަހު، ވަޒީފާއަށް ހޮވޭ ފަރާތްތަކަށް މުސްތަގުބަލުގައި ރާއްޖެއިން ބޭރުން ތަމްރީން ވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިފަހަރު އެމްޓީސީސީން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްގައި ބޮޑަށް އަހައްމިއްޔަތުކަން ދެނީ އިންޑަސްޓްރިއަލް ވެލްޑިންގ ގެ ފަންނު ތަރައްގީ ކުރުމެވެ. އެގޮތުން ކަނޑު އުޅަނދު ބަނުމުގައި ވެލްޑިން ކުރާނެ ހުނަރު ބައިވެރިންނަށް ދަސްކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީގެ ހުނަރުވެރި ޕްރޮގްރާމްގައި ދެ ޖިންސުގެ 25 އަހަރުން ދަށުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރި ފަރާތަކަށް ވުމާއި އެއްގަމާއި ކަނޑުމަތީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތަކަށް ވާންޖެހޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން އޯލެވެލްގެ ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީ ހިމެނޭހެން ތިން މާއްދާއިން ފާސްވެފައިވުމަކީ ތަމްރީން ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތެކެވެ.

ތަމްރީން ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް 5000 ރުފިޔާގެ އެޕްރެންޓްސިޕް އެލަވަންސަކާއި 3000 ރުފިޔާގެ އެކޮމަޑޭޝަން އެލަވަންސެއް ލިބިގެންދާނެ ދިނުމަށް ވަނީ  ހަމަޖެހިފައެވެ. އަދި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްދާނީ ތިލަފުށީގައި ހުންނަ ބޯޓްޔާޑުގައި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: