ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ފިޔަވައި، ފިކުރެއްގެ ދިރުމުން ގިނަ ބޭފުޅުންތަކެއް އެމްޑީޕީން ވަކިވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހިމެނޭހެން ޕާޓީން ވަކިވުމަށް އެދި ސިޓީފޮނުވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްޑީޕީން ވަކިވުމަށް އެދި ފިކުރެއްގެ ދިރުމުގެ މެމްބަރުންގެ ސިޓީއެއް ޕާޓީގެ ސެކްރެޓޭރިއަޓަށް މިއަދު ލިބިފައިވާ ކަަމަށް ވިދާޅުވެ އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވަނީ “ސަންގަށް” މައުލޫމާތު ދެއްވާފައެވެ.

ޕާޓީން ވަކިވުމަށް އެދުނު މެމްބަރުންގެ ތެރޭގައި :

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

މާފަންނު މެދު ދާއިރާގެ  މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު

 

މި ބޭފުޅުން ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުއްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަކި ކުރުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އާޒިމް އެމްޑީޕީން ވަކިކޮށްފައިވާެއިރު މިއަދުގެ ވަގުތެއްގައި އޭނާ ވިދާޅުވެފައިވަނީ އޭނާ އަކީ އެކެއް ނޫން ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: