ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއިން ސަރުކާރަށް: މުގުނީ ވަކި ކުރުމުން ކޮރަޕްޝަނަށް ގެންގުޅޭ ޓޮލަރެންސް ފެނިގެންދޭ

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އިރުތިޝާމް އާދަމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ ވަޒީފާއިން ވަކިކުރުމުން ސަރުކާރުން ގެންގުޅޭ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ސިޔާސަތު ދަމަހައްޓާ މިންގަނޑުތައް ފެނިގެންދާކަމަށް ފާހަގަކޮށް ޖުމްހޫރީ ޕާޓީއިން ސަރުކާރަށް ފާޑުކިޔައިފިއެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ވާދަވެރިކަން އިތުރުވެފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންވަނީ ކޯލިޝަން ދައުވަތު ބަލައިނުގަންނަ ޕާޓީތަކުގެ މެމްބަރުން މަގާމުން ދުރުކުރުމަށް ގޮވާލާފައެވެ. ދާދި ފަހުން މުގުނީ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފައެވެ. އެގޮތުން ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރުގެ މައްޗަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ތުހުމަތުތަކެއް ކުރުމާއިއެކު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މުގުނީ ވަޒީފާއިން ވަކި ކުރި މައްސަލައަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނަވާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މުގުނީ ވަޒީފާ އިން ވަކި ކުރުމުން “ޒީރޯ ޓޮލަރެންސް”ގެ ސިޔާސަތު ސާފުވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ވަޒީފާއިން ވަކި ކުރީ އޭނާ ފެނަކައިގެ އެމްޑީއާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތައް ހާމަކުރުމުން ކަމަށްވުމުން ފެނިގެންދަނީ އެ ސިޔާސަތު ތަންފީޒު ކުރުމުގައި ގެންގުޅެމުންދާ ދެފުއް ދެގޮތްކަން ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ، މުގުނީއަކީ ތައުލީމީ ބޭފުޅެއްކަމަށެވެ. އަދި އޭނާވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައީސް ސާލިހުގެ ގާތުގައިވެސް ސައީދުގެ ކޮރަޕްޝަންގެ މައްސަލަތައް ބެއްލުވުމަށް އެދިވަޑައިގެންފައިކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގައި އަޑު އުފުލުމުން ހާމަވެގެންދަނީ މުގުނީގެ ހިތްވަރުކަމަށެވެ.

އިރުތިޝާމްވަނީ އޭނާ ކުރެއްވި ޓްވީޓްގައި އެންޓި ކޮރަޕްޝަން ކޮމިޝަން ޓެގް ކުރައްވާފައެވެ. އޭނާ ވިދާލުވީ، މި މައްސަލަ ބެލުމަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށް ގޮވާލައްވާކަމަށެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅައި އިންސާފު ހޯދައިދިނުމަށާއި، ސަރުކާރުގެ ވުޒާރާތަކުގެ ތެރޭގައި ހިންގާ ނޭދެވޭ އަމަލުތައް ހާމަކުރާ ފަރާތްތަކުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: