ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ އެއްވާން އޮތީ ރައީސް ނަޝީދަށް ޓިކެޓްދީގެން، އެކަމުގައި އަޅުގަނޑު ފެއިލްވެއްޖެ: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގައި އުފެދިފައިވާ ދެބަސްވުންތައް ނައްތާލައި ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ނަމަވެސް އެކަމުގައި އެމަނިކުފާނު ވަނީ ފެއިލްވެފައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވިދާޅުވީ އޭނާ އަށް ޕާޓީއެއް ނުކުރެވުނު ކަމަށެވެ.

ޕާޓީ އެއްވާން އޮތީ ރައީސް ނަޝީދަށް ޓިކެޓް ދީގެން

ފައްޔާޒް ވިދާޅުވީ ޕާޓީ ދެބައިވުމަކީ އިންސްޓިޓިއުޓް ފެއިލިއަރ އެއްނޫން ކަމަށެވެ. ނަމަވެސް ޗެއަރޕާސަންކަން ލިބުނު އިރު ޕާޓީ އެއްބައި ކުރުމަަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ އެކަން ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ ޕާޓީ އެއްބައި ކުރުމުގައި އޭނާ ފެއިލްވެއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ފެކްޝަންތައް އުފެދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ.

ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހް ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނާ ދެކޮޅަށް ފިކުރެއްގެ ދިރުމުގެ ނަމުގައި ރައީސް ނަޝީދު މަސައްކަތްތައް ފެއްޓެވިއެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިްމ އާއި އެކު ސިޔާސީ ބައްދަލުވުންތައް ކުރިއަށް ގެންދަވައި ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ކޯލިޝަން ހަދާނެ ކަމަށް އޭރު ވިދާޅުވެ މެނިފެސްޓޯ އެއް އެކުލަވާލާނެ ކަމުގެ އަޑުތައް ފެތުރިގެންދިޔައެވެ.

ޖުމްހޫރީ ޕާޓީގެ ކޯލިޝަންގައި ތިބެ ފިކުރެއްގެ ދިރުމުގެ ފަރާތުން ދެން ބައިވެރިވީ އިދިކޮޅުން ޗާގޮސްގެ މައްސަލައިގައި އެކުލަވާލި ކަނޑު ވިއްކާލުމާއި ދެކޮޅު ކޯލިޝަން އާއެވެ.

އިދިކޮޅުގެ ފަރާތުން ޗާގޮސްގެ މައްސަލައިގައި ސަރުކާރުގެ ދެ ވަޒީރުން ކަމަށްވާ ބަންޑާރަ ނައިބާއި ހާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދަނިކޮށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެ.

އާޒިމް ވަކިކުރުމާއެކު ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް އިއްޔެ ވަނީ އެމްޑީޕީން ވަކިވެފައެވެ.

ޕާޓީން ވަކިވި މެމްބަރުންގެ ނޫސްވެރިންގެ ބައްދަލުވުގައި އެބޭފުޅުން ފާހަގަކޮށްފައިވަނީ އެމްޑީޕީން ވަކިވީ އެބޭފުޅުންނަށް ގަބޫލުކުރެވޭ ގޮތުގައި ޕާޓީގެ އަސާސްތަކާއި އުސޫލުތައް ނެތިގެން ދާތީ ކަމަށެވެ.

މީގެ އިތުރުން ފިކުރެއްގެ ދިރުމުގެ ފަރާތުން ވަނީ އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އިއުލާން ކޮށްފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮންމެ ގޮތަކަށް ޕާޓީގެ ޕްރައިމަރީ އިބްޜަަހިމް ވިންކުރީ ވޯޓް ސުންނާފަތިކޮށް ނުފޫޒު ގެބޭނުންކޮށްހެ މަކަރު ހަދައިގެން ކަންއެނގިފަ އެއޮތީ ފެންނަން. ޓީކެޓަކީ ފޭރިހެންގައި ފައިވާ ޓިކެޓެއްކަމާ މެދު ކުޑަވެސް ޝައްކެތްނެތް. ޢެހެންނަމަވެސް ނަޝީދަކަށް ހަމަގުޑާލެވެން ވެސް ނެތި ނަޝީދުވަނީ ކަސްތަޅު އެޅިފަ. 2018 ގެ އިންތިޚާބު އަސްލުކާމިޔާބު ކުރީ ރައީސް ޔާމީން. ޥޯޓުން ވައްކަންކޮށްގެން އިބްރާހިމް ހޮވީ. ޕާޓީތެރޭ ހިންގާ މިކަހަލަ ޖަރީމާތައް ރައީސް ނަޝީދުގެ ދުލުން ކޮންމެވެސް ރާގެއްގައި ފިލީގެ ކުޑަތަފާތަކާއެކު ވިދާޅުވެވޭނެ. ނަޝީދު ވިދާޅުވި އިންޑިއާ ކުޅުނުރޯލުން ބޮޑުއެހީއެއް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމަށް އައީ. ހަމަ އެކުޅުނު ރޯލު މަޖްލިސް އިންތިޚާބުގެ މެޖޯރިޓީ ވެސްލިބުނީ. އެދަރަނި އަދާކުރަން އޮތްގޮތަށް ސަރުކާރުވެސް އެއޮތީ އިންޑިއާގެ ކަސްތޮޅު ތެރޭ. އެމްޑީޕީގެ މެމްބަރުން އެހެންވީމާ އެބުނަނީ ބައްޕަ ދޮންބައްޕައެއްގެ ރޯލު ކުޅޭވާހަކަ. މިހުރިހާކަންތަކެއްގައި އިސްބައިވެރިއެއްގެ ރޯލު އަދާކުރި ޕެންޑްރައިވް އަދިވެސް ޖިންސީ ފުރައްސާރައިގެ ވިލާގަނޑެއްގައި ޖެހިގެން ގަދަވަޔާއެކު ގޮސްވީ ތަނެއްވެސް ނޭގޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: