ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑްކުރުމަކާއި ނުލާ ފަޅުރަށް ދޫކުރެވޭނެ އުސޫލު އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބިޑްކުރުމަކާއި ނުލާ އިގްތިސާދީ ބޭނުންތަކަށް  ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އުސޫލެއް އެކުލަވާލާ، ގެޒެޓްކުރުމަށްފަހު އެއަށް އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ އިގްތިސާދީ ބޭނުންތަކަށް ތަރައްގީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން، ވަކި ދާއިރާތަކެއްގައި ހިމެނޭ ފަޅުރައްތަށް ނޫން އެހެން ފަޅުރަށްތައް އިގްތިސާދީ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރެވިދާނެ އެވެ.

އިންޑަސްޓްރިއަލް ބޭނުމަށް ރައީސް ކަނޑައަޅާ ރަށްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެގޮތަކަށެވެ. އެއީ:-

  • ބީލަމުގެ އުސޫލުން އާއްމުކޮށް އިއުލާންކޮށްގެން އެންމެ ރަނގަޅު ހުށަހެޅުމަކަށް ރަށް ދޫކުރުން.
  • ބިޑަކާ ނުލައި ދެވޭ ސަރުކާރުގެ އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީ ގެ ދަށުން އެރަށެއްގައި ކުރަން ބޭނުންވާ ކަންކަމާއި ބެހޭ ތަފްސީލް ހުށަހެޅުމުން އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.

ބިޑްކުރުމަކާއި ނުލައި ދޫކުރާ ރަށްރަށުގައި ކުރަން ކަނޑައަޅާ މަސައްކަތާއި ސިނާއަތަށް ބެލުމަށްފަހު، އެކަށީގެންވާ އިކުއިޒިޝަން ފީއެއް ސަރުކާރަށް ނެގިދާނެކަމަށާއި ރަށުގެ ކުލި ކަނޑައަޅަން ޖެހޭނީ އަކަފޫޓަކަށް 10 ލާރިއަށް ވުރެ އިތުރުނުވާނެ ގޮތަކަށްކަމަށް ގަވާއިދުގައި ވެއެވެ. އަދި އެފަދަ މަސައްކަތްތަކަށް ކަނޑައަޅާ ފަޅުރަށަކީ މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ރަށެއް ނުވަތަ ފަޅެއްނަމަ އެ ފަޅުރަށެއް އެ އިހްތިސާސުން ވަކި ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

ދައުވަތުދިނުމަކާއި ނުލައި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރަން ހުއްދަދޭއިރު، އިކުއުޒިޝަން ފީގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމެންޓްގެ އަދަދަށް ބަލައި އެކަމަށް ރިއާޔަތްކުރުމަށް ފަހު އިކޮނޮމިކް ކައުންސިލުން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: