ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒު ފޯރުވުމުގެ މައްސަލައިގައި ހުށައެޅި ޝަކުވާތައް ސައްހަ: ވައްޑެ

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ ފައްޔާޒާއި، އިންތި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް ނުފޫޒުގެ ބޭނުން ކުރައްވަގައިގެން އިންތިހާބުގެ ކެމްޕެއިންތައް ކުރައްވާކަމުގެ ޝަކުވާ ވާދަވެރި އެނެއް ކެމްޕެއިން ޓީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް ތާއީދު ކުރައްވާ ފަރާތްތަކުން ހުށަހެޅި ޝަކުވާތައް ސައްހަ ކަމަށާއި، ޕާޓީން ބަލައިގަނެފައިވާ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓިގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ މި ދަނޑިވަޅުގައި، އެއް ޓީމު އެނެއް ޓީމާއި ދެމެދު ކުރެވޭ ބަހުސްތަކުގައި “ތިލަފަތުގެ ރަމްޒް” ގެ ޓީމުން ދަނީ “ހިންގާލަން” ކެމްޕެއިން ޓީމަށް ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ވަޒީފާގެ ބިރު ދައްކައިގެން ވޯޓު ހޯދާކަމުގެ ތުހުމަތުގެ އިތުރުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ހިންގާ ކަމުގެ ތުހުމަތުވެސް ކުރެވެނީ މިނިސްޓާ ފައްޔާޒަށެވެ. އަދި ސަރުކާރުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކެމްޕެއިންތަކުގައި ބޭނުން ކުރަމުންދާކަމަށް ބުނެވެސް ވަނީ ތުހުމަތުތައް ކުރެވިފައިވެއެވެ.

އިންތިހާބުގައި ވާދަކުރައްވާ އިންތިގެ ތަރުޖަމާނު ވައްޑެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ، އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މިފަދަ ޝަކުވާތައް އިންތިހާބީ ކޮމިޓީން ބަލައި ޖަވާބު ދީފައިވާ ކަމަށެވެ. އަދި މިއީ ހަގީގަތްތަކެއް އެކުލެވޭ ޝަކުވާތަކެއް ކަން ޕާޓީން ބަލައިގެންފައިވާ ކަން ޖަވާބުތަކުން ސާފުވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ގޮވާލީ ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުމަށާއި ކުންފުނިތަކުން ޒިންމާ އަދާކުރުން ހުއްޓާލައި ކެމްޕޭންތައް ނުކުރުމަށެވެ. އަދި ކުއްލިއަކަށް ވަޒީފާތައް އުފެއްދުމާއި މީހުން ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަން ނުކުރުމަށްވެސް އޭނާ ގޮވާލިއެވެ.

ވައްޑެ ވަނީ ވާހަކައިގެ ތެރެއިން ހުށައެޅިގެންދިޔަ މައްސަލަތައްވެސް އާންމުކުރައްވާފައެވެ. އޭގެ ތެރޭގައި ގދ. ގައްދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި އިލްހާމް ރަޝީދު، އިންތިގެ ކެމްޕޭންގެ ހަރަކާތެއްގައި ބައިވެރި ނުވާން އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އާމިރު އަބްދުﷲ އަށް އަންގައި މަގާމުގެ ނުފޫޒުން ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ހިމެނެއެވެ.

ކޮމިޓީން މިކަމަަށް ދީފައިވާ ޖަވާބުގައި ވަނީ ޕާޓީގެ މަގާމުތަކަށް މީހުން ހޮވަން ބާއްވާ އިންތިހާބުގައި އެ މެމްބަރަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި މަސައްކަތް ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި އިލްހާމާއި ދެކޮޅަށް ހުށައެޅިގެން ދިޔަ މައްސަލައާއި އެއްކޮޅަށް ވަޒީފާގެ ބިރު ދައްކާފައިވާކަން އާމިރުއަށް ގަބޫލުކުރެވިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބުގެ ކެމްޕެއިންތައް ކުރެއްވުމުގައި ސަރުކާރަށް ނިސްބަތްވާ ތަނެއްކަމުގައިވާ ގއ. ނިލަންދޫ ފެނަކަ އޮފީހުގައި އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ބައްދަލުންވުމެއް ބޭއްވިފައިވާތީ މިކަމަށް ޖަވާބުދީ ޕާޓީން ބުނެފައިވަނީ ވަކި ފަރުދަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކުރާ ކަން ދުރުން ބަލަން ތިބީ އާއްމު ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް އަމަލުކުރުމަކީ ޕާޓީއަށް ރައްޔިތުން ކުރާ ތާއީދާއި އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ނިންމުމުގައި ވަނީ މިފަދަ ކަންތައްތަކުން ދުރުވެ ތިބުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކޮށްފައެވެ.

މީގެ އިިތުރަށް “ހިންގާލަން” ކެމްޕެއިން ޓީމުގެ ފަރާތުން ނ. އަތޮޅަށް މިނިސްޓަރު ފައްޔާޒް ކުރެއްވި ކެމްޕޭން ދަތުރެއްގައި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ރަސްމީ ހެދުމުގައި ބައިވެރިވެވަޑައިގަތުމަށް ލައުޑް ސްޕީކަރުން ގޮވި ކަމުގެ މައްސަލަވެސް ވަނީ މީގެ ތެރޭގައި ފެންމަތިވެފައެވެ. މިކަމަށް ޖަވާބުދާރީވެ ކޮމިޓީން ބުނެފައިވަނީ އެމްޑީޕީގެ މިނިސްޓަރުން ރަށްރަށަށް ކުރާ ޒިޔާރަތުގައި ޕާޓީގެ މެމްބަރުންނަށް ދައުވަތު ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ވަޑައިގަންނަވަނީ މިނިސްޓަރެއްގެ ހައިސިއްޔަތުން ނޫން ކަމުގައިވީ ނަމަވެސް އެ ފަދަ ފުރުސަތަކީ މެމްބަރުންގެ ކަންބޮޑުވުންތައް ހިސާކުރަން ލިބޭ ފުރުސަތަކަށް ވާނެކަމަށެވެ. އަދި ޖަވާބު ވަނީ މިއީ މައްސަލައެއް ނޫންކަމުގައި ދޭހަވާފަދަ އިބާރާތަކުންކަން ފާހަގަކޮށްލެވެއެވެ.

ކޮމިޓީން ވަނީ  ކެމްޕެއިންގެ ހަމަ ހަމަ އުސޫލުން ކަންތައް ކުރެއްވުމަށް ވާދަވެރި ދެ ކެމްޕެއިން ޓީމަށް ގޮވާލާފައެވެ.

އިންތިހާބުގެ ވާދަވެރިކަމުގެ ތެރޭގައި މިނިސްޓާ ފައްޔާޒްގެ ބޮލުގައި އެޅެވެމުންދާ ތުހުމަތުތަކުގެ ރައްދެއްގެ ގޮތުގައި އެބޭފުޅާއަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުން އަންނަނީ މިއީ ސިޔާސީ ބޭނުމެއްގައި ދެކެވޭ ވާހަކަތަކެއްކަމަށާއި ނޫންނަމަ މިހާރު އެބޭފުޅާ މި ތުހުމަތުތަކާއި ގުޅިގެން ޖަވާބުދާރީ ކުރެއްވުމަށްޓަކައި މަޖިލީހަށް ހާޒިރު ކުރެވިފައިވާނެކަމުގައެވެ. އަދި މިއީ މި ތުހުމަތުތަކުގެ އެއްވެސް އަސްލެއް ނެތްކަމުގެ ހެތްކެއްކަމުގައި އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: