ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އިލްތިމާސް: މިއީ އެތެރޭގެ ޕްރައިމެެރީއެއް، އެހެން ސިޔާސީ ކުލަތަކަށް ސަމާލުވާން ޖެހޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ތެރެއަށް ބަސް ބުނުމާއި އެކު އެހެން ސިޔާސީ ޕާޓީތަކުގެ ކުލަތައް ފެންނަމުން ދާތީ އެކަމަށްސަމާލުވުމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައިފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް ބޭނުންވާތީ ޕްރައިމެރީގައި ވާދަ ކުރަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހެވެ. ދެވަނަ ދައުރަކަށް އައުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވާއިރު، މި އިންތިހާބަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކުރެވެ އެވެ. އަދި ކެމްޕެއިން ޓީމުތަކަށް ދަނީ އެކި ތުހުމަތުތައް ވެސް ކުރެވެމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި އެކު ސަރުކާރުގެ ތެރޭގައި ދެބައިވުންތައް އުފެދި ބޮޑެތި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ސަރުކާރަށް ފާޑުކިޔައި ސިޔާސަތުތަކާއި ދެކޮޅަށް ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވަމުން ގެންދަވާތީ ރައީސް ސޯލިހު އެކަމާއި މެދު ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ދަތުރުގެ ތެރެއިން މާޅޮހަށް މިއަދު ވަޑައިގެން ރައީސް ސޯލިހު ވިދުވީ، މިއީ އެމްޑީޕީގެ އެރޭގެ އިންތިހާބެއް ނަމަވެސް އެހެން ޕާޓީތަކާއި ކަމާއި ގުޅުމެއް ނެތްއެތައް ބަޔަކު ބަސް ބުނެ ވަންނަމުން ދާ ކަމަށެވެ. މިއީ ޕާޓީގެ މެމްބަރުން އެކަމަކާއި މެދު ވިސްނާ ފިކުރުކޮށް ހޭލާ ތިބުމަށް ގޮވާލައްވައި ރައީސް ވިދާޅުވީ  މިމަސައްކަތުގައި އެހެން ކުލައެއް ޖެހުމުގެ ފުރުސަތު ދީގެން ނުވާނެކަމަށެވެ. އެފަދަ މީހުންގެ ބައިވެރިވުމާއި، ބޭނުމެއް ނެތް ޝައުގުވެރިކަން ހުރީ ކީއްވެތޯސުވާލު އުފެދޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ވެސް ވެރިކަމުގައި އޮތް އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިތުރު ދައުރެއް ހޯދެން އެބައޮތްކަން ސާފުކޮށްއެނގެން އޮއްވައި އެކަމަށް ބަޔަކު ގަސްތުގައި ހުރަސް އެޅޭގޮތަށް މަސައްކަތް ކުރުމާއި މެދު ކަންބޮޑުވާކަމަށެވެ. އިދިކޮޅަށް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް އުންމީދެއް އޮތީ އެމްޑީޕީގެ ޕްރައިމެރީއަށް ވަދެގެންކަމަށް ތުހުމަތު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނަށް އެ ފުރުސަތު ގެއްލުވާލައި އިދިކޮޅުގެއުންމީދުތަކަށް ކުރިއެރުން ލިބިދާނެކަމަށް އެބޭފުޅުން ގަބޫލު ކުރާމަށެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިންތިހާބަށް ބަސް ބުނާތީ އެކަމަށް ރައީސް ނުރުހުންފާޅު ކުރެއްވި އިރު ރައީސް ނަޝީދުގެ ދިފާއަށް އެބޭފުޅުން ވާހަކަދައްކަވަ އެވެ. މަޖިލީހުގައި އާއި، އަދި އެތެރޭގެ މި ޕްރައިމެރީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ގޮތަކަށް އިދިކޮޅުން ވާހަކަ ދައްކަ އެވެ.

ހާއްސަކޮށް ރައީސް ނަޝީދުގެ ކެމްޕެއިނުގައި ޕީޕީއެމް ބައިވެރިވާކަމަށާއި، ރައީސް ކެމްޕެއިނަށް ވަޑައިގަތުމުން އިދިކޮޅުން ކުރާ މުޒާހަރާތަކުގައި އިސްކޮށްތިބެ، އެކަން އިންތިޒާމު ކުރުމުގެ ފަހަތުގައި ތިބެނީ ރައީސް ނަޝީދު ކެމްޕެއިން ސަޕޯޓަރުންކަމަށް ތުހުމަތު ކުރެ އެވެ. ރައީސް މިފަހުން ކުރެއްވި ހުރިހާދަތުރެއްގައި ވެސް ޕީޕީއެމުން ބަނދަރު މަތީ މުޒާހަރާ ކުރި އިރު އެމަނިކުފާނަށް ތާއީދު ކުރައްވާ ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސެއިން ދާއިރާއަށްވަޑަައިތުމުން އޭނާއާއި ދިމާ ކުރުމުގައި ވެސް ޕީޕީއެމާއި އެކު ރައީސް ނަޝީދުގެ ފެކްޝަނުން ބައިވެރިވީމަށް ތުހުމަތު ކުރެ އެވެ.

ރައީސް ވިދާޅުވީ ފާޑުކިއުމަކުން މައްސަލައެއް ނެތްކަމަށާއި ނަމަވެސް ގޯހީ ޒާތީ ގޮތުން ދެކެވޭ ވާހަކަތައް ކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ޑިމޮކްރަސީއަށް ލޯބި ކުރި ޕާޓީއަކަށްވާއިރު އެމަނިކުފާނު އެ އިހުތިރާމް ދަމަހައްޓާނެކަމަށް ރައީސް ވިދާޅުވި އެވެ.

މި މަހުގެ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި ވާދަވެރި އިންތިހާބެވެ. ޕްރައިމެރީގައި ނިކުންނެ ނަތީޖާއަކަށް އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ސަމާލުކަން ހުއްޓިފައިވާއިރު ރާއްޖޭގެ މެއިން ސްޓްރީމް ހުރިހާ މީޑިއާތަކެއްގެ ކަވަރޭޖު ވެސް މިވަގުތު ހުއްޓިފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: