ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްބުލް ހާފްކޯޓް ބާސްކެޓްބޯލް މުބާރާތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަރބަންކައިން ޕާޓްނަރއެއްގެ ގޮތުގައި ހަރަކާތްތެރިވާ ރެޑްބުލް ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތް އިއްޔެ ފަށައިފިއެވެ.

މި މުބާރާތުގެ ހޯސްޓިން ޕާޓްނަރ އަކީ އާބަންކޯއެވެ.

މުބާރާތްކުރިއަށްގެންދަނީ ހުޅުމާލޭގެ ބާސްކެޓްބޯލް ކޯޓުގައެވެ. މި މުބާރާތް އިއްޔެ ހަވީރު ފެށުނު އިރު މުބާރާތް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަރބަންކޯއަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި، ކުޅިވަރުތަކަށް ހުޅުމާލޭގައި ފުރުސަތު ދިނުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏަކަށް ވާއިރު، މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީވެސް އެ މަގްސަދުގައެވެ. އެގޮތުން މި މުބާރާތަކީ ބާސްކެޓްބޯލް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

މި މުބާރާތަކީ ދުނިޔޭގެ 29 ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގެ ކޮލިފައިން ރައުންޑްތަކެވެ. އެގޮތުން ހުޅުމާލޭގައި މި ބާއްވާ މާލެ ސިޓީ ކޮލިފައިން އަށް ފަހު ނެޝެނަލް ފައިނަލްސް އިން ހޮވޭ ޓީމަކަށް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: