ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް މަޖިލީހުގައި ފިރިހެނަކު އަތްލާކަށް ނުޖެހޭނެ، ނުވެސް ދައްކާނަން: ރޮޒެއިނާ !

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލިސް ގަވާއިދާ ހިލާފަށް ފިރިހެނަކު އޭނާގެ ގައިގައި އަތްލަން ނުޖެހޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދެވަނަ ދައުރު ހުޅުވުމުގެ ޖަލްސާ މި މަހުގެ 18 ވަނަ ދުވަހު ބޭއްވިއިރު، ރޮޒެއިނާ މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވައި ފްލޯ ދޫކޮށް ދިއުމަށް އަންގާފައެވެ.

ސޯޝަލް މީޑިއާގައި ރޮޒެއިނާ މަޖިލީހުގައި އޭނާ ގައިގައި އަތްނުލެވޭނެ ކަމަށް ބުނާ ވީޑިއޯ އެއް ދަނީ ވައިރަލްވަމުންނެވެ.

ދައުރުވަމުންދާ ވީޑިއޯ އަށް ރައްދުދެއްވައި ރޮޒެއިނާ މަޖިލީހުން ނެރުމަށް ފިރިހެން ސެކިއުރިޓީ އެއް ދިއުމުން އެކަމާ ނުރުހުންވެ ރޮޒެއިނާ ވަނީ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ކުރެއްވި ޓްވީޓްގައި  އޭނާ ވިދާޅުވެފައިވަނީ އެތަނުގައި އަންހެނުން ތިއްބާ އޭނާ ކައިރިއަށް ފިރިހެނަކު ފޮނުވަން ނުޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ވެސް ގަވާއިދާ ހިލާފު އަމުރަށް ކިޔަމަން ނުވުމަށް އަންގާފައި އޮންނަ ކަމަށާއި އެހެންކަމުން އޭނާ އަށް ބުލީ ނުކުރެވޭނެ ކަމަށެވެ.

މަޖިލީހުން ނިކުތުމަށް އެންގުމުން ރޮޒެއިނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި އޭނާ މަޖިލީހުން ނުނިކުތުމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް   މުހައްމަދު ނަޝީދު ވަނީ ވަގުތުކޮޅަކަށް ޖަލްސާ މެދު ކަނޑުއްވާލުމަށްފަހު، އަލުން ފަށައިފައެވެ. ޖަލްސާ ކުރިއަށް ގެންދަވަން ފައްޓަވަމުން ރައީސް ނަޝީދު ވަނީ ރޮޒެއިނާ އަކީ މަޖިލީހުގައި ނެތް މީހެއް ކަމަށް ބަލައިގެން ޖަލްސާ ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: