ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބިރުން އުޅޭ މަންޒަރު: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މަޖިލީހުގައި ފެނިގެންދަނީ ވޯޓެއް ނަގަން ބިރުން އުޅޭ މަންޒަރު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ރޮޒެއިނާ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ވޯޓް ނުނަގާ ލަސްކުރެވޭނެ ހާގޮތެއް ހޯދަމުންދާ ކަމަށެވެ.

ފުރަތަމަ ކަމަކަމަށް މިއަދު ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ކުއްލިއަކަށް މި މާނަ ކުރެވެންފެށީ، މި މާއްދާގައި އިން އަދި އެބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެމެމްބަރަކަށް ލިބިގެންވެއެވެ. މިހާރު ކުއްލިއަކަށް އަނގަބަހުންނާއި ހާޒިރުވެއާއި މިދެކަން އެއްފަހަރާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެވިިގެން.

ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރެވި އެކަމަށް ބަހުސް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ ރިޔާސަތުން ނިންމުމާއި ގުޅިގެން ރޮޒެއިނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިފްއަތު ވަނީ މަޖިލީހަށް ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންފައެވެ. އެކަމަށް މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ފާޑުވިދާޅުވެ ހާޒިރުވުމަށް ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މެމްބަރުން ރިފްއަތު ހާޒިރުވުމަށް ގޮވާލުމުން ރޮޒެއިނާ ވަނީ އެކަމަށް ރައްދުދީ ވާހަކަ ދައްކަވާފައެވެ.

ރޮޒެއިނާ ވިދާޅުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެކަން ކުރަނީ އަލަކަށް ނޫން ކަމަށެވެ. އެގޮތުން އޭނާ މަޖިލީހުގައި އިންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް މީގެ ކުރިންވެސް އެތައް ވަޒީރުންގެ ނޯ ކޮންފިޑެންސް ވޯޓް ނަގާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެގޮތުން ގިނަ ވަޒީރުން މަޖިލީހަށް ވަޑައިގެން އަނގަބަހުން އެކަނި ޖަވާބުދާރީ ވެފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.

ކުއްލިއަކަށް މިއަދު އަނގަބަހުންނާއި ލިޔެކިޔުމުން. ގާނޫނު އަސާސީގައި އަނގަބަހުންނާއި ލިޔެކިޔުމުންނޭ ޖަހާފައި މިއޮތް ބޭނުމަކީ އެ ވަޒީރަކަށް އެހައްގު އެންމެ ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި.

ރޮޒެއިނާ ވިދާޅުވީ އިތުބާރުނެތްކަމުގެ މައްސަލައިގައި ގާނޫނުގައި ވަޒިރުން ޖަވާބު ދާރީ ވުމަށް ދެ ގޮތެއް ބަޔާންކޮށްފައިވަނީ  މަޖިލީހަށް ހާޒިރުވެ ވާހަކަ ދެއްކުމުގެ އިތުރުން ބޭނުންވާ ލިޔެކިޔުމުގެ ފުރުސަތާއި އެ އިހްތިޔާރު ދިނުމުގެ ގޮތުން ކަމަށެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށްޓަކައި ވަޒީރަށް ދެވިފައިއޮތް ހައްގެއް މިއީ. އެހައްގު ބޭނުންކުރުމާއި ނުކުރުމަކީ ވަޒީރުގެ އިހްތިޔާރުގައި އޮތް ކަމެއް.

ރޮޒެއިނާ ވިދާޅުވީ މީގެ ކުރިން ވަޒީރުންގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންނެވި އިރުގައި ހާޒިރުވުމަށް މަޖުބޫރު ކުރެވިފައިނުވާއިރު، މިއަދު ލިޔުމުން ޖަވާބު ދާރީވެ ވަޑައިގެންނެވި ބޭފުޅަކަށް ހާޒިރު ވުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތު މެދުކަނޑާލީ ޖަވާބުދާރީ ވުމަށް ރިފްއަތު ވަޑައިގެން ނެތުމުން އާއްމު ކޮމިޓީން ޕާޓީތަކުގެ މެދުގައި ވަގުތު ކަނޑައަޅާނެ ގޮތަކާއި މެދު ގޮތެއް ނިންމުމަަށް ކަމަށެވެ. ނަމަވެސް އަލުން ފެށުމަށްފަހުގައި އެ މައުޟޫއު ބަދަލުކޮށް ދެން ވާހަކަ ދެކެވުނީ ގާނޫނު އަސާސީ މާނަކުރުމާއި ބެހޭ ގޮތުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކިހިނެތްތޯ މިދޭތި ދިމާކުރާނީ؟ ފުރަތަމަ ކަމަކަމަށް މި މަޖިލީހުގައި ވަގުތު ކަނޑައެޅިފައި އޮންނައިރު އެބަޔަކަށްދޭ ވަގުތެއް އެބަޔަކު ބޭނުން ނުކުރީމަ އެކަން އެނިމުނީ

ރޮޒެއިނާ ވިދާޅުވީ ބަހުސެއްގެ މެދުތެރެއިން އެމްޑީޕީގެ ވަގުތު ބޭނުން ނުކުރުމުން އެ ވަގުތު ދޭނީ ޕީޕީއެމް އަށް ތޯ ބެލުމަށް އާއްމު ކޮމިޓީއަށް ފޮނުވަން ނުޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: