ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ ހަރަދު ކުޑަކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދައްކަވަމުންގެންދަނީ ނުބައި ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތުކޮށް، ރައީސް ނަޝީދުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފުލުހަށް ހުށަހެޅި ސިޓީގައިވަނީ ސަރުކާރާ ގާތް ގުޅުން އޮންނަ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އާއި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފަދަ ނުފޫޒްގަދަ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ރައީސް މުހައްމަދު ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށެވެ.

ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމާ ދެކޮޅަށް ރޮޒެއިނާ އާއި ހުސައިން ޝަހީމް އެކި ފޯރަމްތަކުގައި ތަކުރާުރުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުން ހުއްޓުވުމަށް ބާރުއަޅާ ފަދަ މޭރުމަކުން ތަކުރާރުކޮށް އެކި ފޯރަމް ތަކުގައި ވާހަކަ ދައްކަވަމުން ގެންދިއުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތް ކަމެއް ކަަމަށް ދެކޭ ކަމަށްވެސް އިމްތިޔާޒްގެ ސިޓީގައި ވެއެވެ.

ރައީސް ނަޝީދާ ދެކޮޅަށް ނުބައި ރޭވުމެއް ނުވަތަ ޓެރަރިސްޓް ހަމަލާއެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށާއި ގާނޫނީ ގޮތުން ރައީސް ނަޝީދަށް ފޯރުކޮށްދިނުން ލާޒިމްވާ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދެކޮޅު ހަދައި އެވާހަކަ ރޮޒެއިނާ އާއި އަނދުން ހުސައިން ދައްކަވަން ޖެހޭނެ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: