ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަލްޓް ސިފަ ކެނޑެމުންދާ ވަރަކަށް ޕާޓީ ބޮޑުވާނެ: ރޮޒެއިނާ

ރައީސް ސޯލިހު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މިހާރު ދަނީ ކަލްޓް ސިފަ ކެނޑެމުން ކަމަށާއި، އެހެންކަމުން ދެން ޕާޓީއާ ގުޅޭ މެމްބަރުން އިތުރުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން 12 ދާއިރާ އަކުން އެޕާޓީއާ އަލަށް ގުޅުން 2،500 މެމްބަރުންގެ ފޯމް ޕާޓީގެ ސެކްރެޓޭރިއަޓާއި ހަވާލްކުރުމާއި ގުޅިގެން ކުރި ޓްވީޓެއްގައި ރޮޒެއިނާ ވިދާޅުވީ މިއަހަރުުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނެ ކަމަށެވެ.

ރޮޒެއިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާ ގިނަ މެމްބަރުން ފާހަގަކުރި ގޮތުގައި އެމްޑީޕީ ކުރިން ސިފަކުރެވިފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަށާ އެނބުރޭ ޕާޓީއެއްގެ ގޮތުގައެވެ. އެ ވާހަކަތަކާއި ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުގެ ޕާޓީ ވަނީ ދެބައިވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް ދޫކުރައްވައި އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތްތަކެއް ކުރައްވަން ފެއްޓެވުމާއެކު އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ވަނީ އެމްޑީޕީ ދޫކޮށް ދާން ފަށާފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ޕީޑަރޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕާޓީ އެއްކުރުމަށް މަސައްކަތް ކުރެއްވި ކަމަށާޢި ނަމަވެސް އެކަން ނުވީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ލިބިވަޑައި ނުގަތުމުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރިޔާސި ޕްރައިމަރީގައި ވޯޓް އޮޅުވާލި ކަމުގެ ތުހުމަތު ރައީސް ނަޝީދުގެ ފެކްޝަނުން ރައީސް ސާލިހްގެ ފެކްޝްގެ ބޮލުގައި ވަނީ އަޅުވާފައެވެ. ނަމަވެސް އެމްޑީޕީގެ ސެކްޓެރޭޓިއަޓާއި އިންތިހާބު ކޮމިޓީން ބުނީ ރިޔާސީ ޕްރައިމަރީގެ އެންމެހައި ކަންކަން ކުރިއަށް ދިޔައީ އިންސާފުވެރިކަމާއެކުގައި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ސާލިހް، ނަޝީދު ބަލިކޮށް އިންތިހާބު ކާމިޔާބު ކޮށް ޓިކެޓް ހޯއްދެވި ހިސާބުން ރައީސް ނަޝީދު ވަނީ ރައީސް ސާލިހާއި އެކު ކުރާނެ އިތުރު އެއްވެސް ސިޔާސީ މަސައްކަތެއް ނެތްކަން އިއުލާން ކުރައްވާފައެވެ. އަދި ގޭގައި އޮންނަވަން ޖެހުނަސް ރައީސް ސާލިހާއި އެކު ނުހުންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އެމްޑީޕީގައި އަލުން އަނބުރާ ވަޑައިގެން ރައީސް ސާލިހާއި އެކުގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް ހުދު ރައީސް ސާލިހް ވަނީ ދައުވަތު ދެއްވާފައެވެ. ނަަމަވެސް އެކަމަށް ރައީސް ނަޝީދު އިޖާބަ ދެއްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: