ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ ބަޔަކު ޖޭޕީއާ ގުޅިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ޖުމްހޫރީ ޕާޓީއާއި ގުޅިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މެމްބަރޝިޕް އިތުރުކުރުމުގެ ގޮތުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްވެ ހުންނަވައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު  ނަހުލާ ގެންދަވަނީ މެމްބަރޝިޕް ފޯމް ފުރުއްވައި މެމްބަރުން ޕާޓީއަށް ވައްދަމުންނެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް 365 މެމްބަރުން ގުޅިފައިވާކަން ހާމަކުރެއްވީ ޕާޓީގެ ތަރުޖަމާން އަލީ ސާލިހްއެވެ.

 

އަލީ ސާލިހްގެ ޓްވީޓްގައި ބުނެފައިވަނީ އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމް ގާސިމް އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީއާ ފަސްދާއިރާ އަކުން މެމްބަރުން އަލަށް ގުޅިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ  ލ ގަމު ދާއިރާ އާއި ގއ ވިލިނގިލި ދާއިރާގެ އިތުރުން ރ ދުވާފަރު ދާއިރާ އާއި ރ މަޑުއްވަރީ ދާއިރާގެ އިތުރުން ރ އަލިފުށި ދާއިރާއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ޖޭޕީގެ ފަރާތުން ދަނީ ޕާޓީ ވަރުގަދަކޮށް މެމްބަރުން އިތުރުކޮށް ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ހަފްތާ ބަންދުތަކުގައި މީގެ ކުރިން ގާސިމް ވަނީ އުފަންރަށް މާމިނގިއްޔަށް ވަޑައިގެން މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ފުޅާ ދާއިރާގައި ބާއްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އަދާލަތު ޕާޓީ އާއި ފިކުރެއްގެ ދިރުމާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކެމްޕޭން ޓީމްގެ އިސް ބޭފުޅުންގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި ކުރީގެ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި ވަނީ ބައްދަލުކޮށްފައެވެ.

ރައީސް ސާލިހް ވަނީ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެން ސިޔާސީ ލީޑަރުންނާއެކު މަޝްވަރާކުރުމުގެ ބާރު ގައުމީ މަޖިލީހުން ދެއްވުމާއެކުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ގާސިމްއަށް ދައުވަތު އަރުވާފައެވެ. ނަމަވެސް މިހާތަނަށް ގާސިމް އެދައުވަތު ގަބޫލުކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ގާސިމް ނިންމެވީ ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ.

ގާސިމް އާއި އެކި ސިޔާސީ ޕާޓީތަކުގެ އެކި ލީޑަރުން ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: