ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރު ޕާޓީއަށް ގިނަ މީހުންދަނީ ސަރުކާރުން ނާޖާއިޒް ފައިދާއެއް ނަގަން ފުރުސަތު ނުދިނުމުން: އެފްއެސްއެމްގެ އެމްޑީ

އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) ގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީގެ ރިޔާސީ ކެނޑިޑަސީއާއިމެދު އުފެދިފައިވާ ހިޔާލުތަފާތުވުމުގެ ސަބަބުން އެ ޕާޓީއަށްވަނީ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައެވެ. ރައީސް ނަޝީދު އަދި އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ދެމެދު އުފެދިފައިވާ ދެބަސްވުމުގެ ތެރެއިން، ރައީސް ނަޝީދުވަނީ ވަކި ފެކްޝަނެއް އުފައްދަވައި އެ ފެކްޝަނުގެ ކެނޑިޑޭޓެއް ނެރުއްވުމުގެ މަސައްކަތްތައް ފައްޓަވާފައެވެ. މި ކަމުގެ ސަބަބުން ޕާޓީ އިތުރަށް ބައިބައިވެ، އިސް ސަފުގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންވަނީ ޕާޓީ ދޫކުރައްވާ އިދިކޮޅަށް މަސައްކަތްކުރެއްވުމަށާއި އަމިއްލަ ކެނޑިޑޭޓެއް ނެރުމަށްޓަކައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްތައް ރަސްމީގޮތުން ފަށާފައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑެތި މައްސަލަތައް އަލިއަޅުއްވައި ގަސަމްވަނީ ފިކުރެއްގެ ދިރުމުގެ ޓީމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ދޫކޮށް ގޮސް “ފިކުރު ޕާޓީ” އާ ގުޅޭ އެންމެހާ ފަރާތްތަކުންވެސް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިންގާކަމަށް ބުނެ ވާހަކަތައް ދައްކަވަމުންދަނީ ބަހަނާއެއްގެ ގޮތުގައިކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީ ދޫކޮށް ގޮސްފައިވާ ގިނަ ފަރާތްތައް އެ ގޮތުގެ މަތިން އަމަލުކޮށްފައިވަނީ އެ ބަޔަކު ބޭނުންވާ ނާޖާއިޒް ފައިދާއެއް ނެގުމަށް ސަރުކާރުން ފުރުސަތު ނުދިނުމުންކަމަށެވެ.

ގަސަމްވަނީ މި ފުރުސަތުގައި ރައީސް ސާލިހަށް ތައުރީފުގެ ބަސްތަކެއްވެސް ރައްދުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ބަޔަކު ކޮންމެ ވާހަކައެއް ދައްކަމުންދިޔަނަމަވެސް ރައީސް ސާލިހު ހަގީގަތް ތަފާތުކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ ރައްޔިތުންގެ އަޑު އައްސަވާކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާފައިވާ ފަރާތެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: