ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓު މަރާމާތުކޮށް ކުލަ ލުމުގެ މަސައްކަތްތަކުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމިއްޖެ

ހުޅުމާލެ ފްލެޓް ސަރަހައްދު / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލެޓު މަރާމާތުކޮށް ކުލަ ލުމުގެ މަސައްކަތްތަކުގެ ފުރަތަމަ ފޭސްގެ މަސައްކަތްތައް ނިމިއްޖެކަމަށް އަރބަންކޯއިން ބުނެފިއެވެ.

ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިފައިވާ ފުލެޓު ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އައުކުރުމެގެ މަސައްކަތް މިދިއަ އަހަރުގެ އޮކްޓޫބަރު މަހުންފެށިގެން އެ ކޯޕަރޭޝަނުން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ވަނީ ކުލަލެވިފައިަކަމަށް އަރބަންކޯއިން ބުންޏެވެ. އަދި މީގެ އިތުރުން ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރެވެމުންދިއަ މި މަސައްކަތްތައް ނިންމާލާ، ބާކީ ހުރި ފުލެޓްތަކުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައިކަމަށާއި، ފުރަތަމަ ފޭސްގައި ޖުމްލަ 30 އިމާރާތެއް (504 ޔުނިޓް) ގެ ބޭރު ފާރުގެ މަރާމާތާއި ކޮމަން އޭރިއާގެ މަސައްކަތްތައް ވަނީ ކުރެވިފައިކަމަށް އަރބަންކޯއިން ބުންޏެވެ.

އަދި މިހާރު ބާކީ ހުރި ފުލެޓް ތަކުގެ ތެރެއިން، 113 އިން 138 ވަނަ ފުލެޓާއި ހަމައަށް މި މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައިކަމަށް އަރބަންކޯއިން މައުލޫމާތުދީފައިވެއެވެ. ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދެވޭނެކަމަށާއި އަދި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއްކަމަށް އަރބަންކޯއިން ބުނިއެވެ. އަދި އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، ޢިމާރާތުގެ ޢާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއްކަންވެސް އަރބަންކޯއިން ފާހަގަކުރިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ގިނަ ހައުސިންގ މަޝްރޫޢުތަކެއް ބަލަހައްޓާއި މަރާމާތުގެ މަސައްކަތް އެ ކޯޕަރެޝަންގެ ފަރާތުން ކުރެވެމުން ދާއިރު، މި މަސައްކަތްތަކަކީ ތާވަލު ކުރެވިގެން ޤަވައިދުން ކުރަމުން އަންނަ މަސައްކަތްތަކެކަންވެސް އަރބަންކޯއިން ފާހަގަކުރެއެވެ. އަދި މިގޮތަށް މި މަސައްކަތްތައް ކުރުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުންކަމަށް ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: