ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުން ހުއްޓާލުމަށް އަންގައިފި

ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ނަމުގައި އެއްވެސް ސިޔާސީ ހަކާތެއް ނުހިންގުމަށް އެޕާޓީގެ ފަރާތުން އަންގައިފިއެވެ.

އެމްއާރުއެމް އިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ފަރާތުން އެޕާޓީން އެއްވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އަންގައި ސިޓީއެއް ލިބިފަައިވާ ކަމަށެވެ.

އެމްއާރުއެމް އިން ޕާޓިގެ މެމްބަރުންނާއި ކޮމިޓީތަކާއި، ޕާޓީގެ ގުނަވަންތަކާއި ގޮފިތަކަށް މިވަގުތު އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް ވަނީ އަންގާފައެވެ،

އެމްއާރުއެމް އިން ބުނެފައިވަނީ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި އީސީން އެ ޕާޓީ އުވާލަން ނިންމާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެކަން ސާބިތު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެމްއާރުއެމް އިން އެޕާޓީގެ މެމްބަރުން ކުރަމުންނާއި ޕާޓީއަށް ތާއިދުކުރާ ހުރިހާ ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުމަށް ވަނީ ޝުކުރުދަންނަވާފައެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ޕާޓީއެކެވެ. އެ ޕާޓީ އުވާލުމަށް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން ވަނީ އިއުލާން ކޮށްފައެވެ.

އެމްއާރުއެމް އުވާލިކަން ހާމަކޮށް އީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީ އުފެއްދުމަށް ގާނޫނީ ގޮތުން ހަމަކުރަންޖެހޭ އަދަދަށް އެޕާޓީގައި މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ހަމަކުރެވިފައި ނުވުމުގެ ސަބަބުން އީސީގެ ދަފްތަރުން އެޕާޓީ އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އީސީން އެމްއާރުއެމް އަށް 3000 މެމްބަރުން ހަމަ ކުރުމަށް ދެ ފުރުސަތެއް ދިނެވެ. އެ ދެފުރުސަތުގެ މުއްދަތު ހަމަވިއިރު ވެސް އެޕާޓީއަށް 3000 މެމްބަރުން ހަމަވެފައިނުވާތީ އެ ޕާޓީ ވަނީ އުވާލާފައެވެ.

އީސީން އެމްއާރުއެމް އުވާލުމަށް ނިންމުމާއި ގުޅިގެން އެޕާޓީގެ ރައީސް އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެފައިވަނީ އިލެކްޝަންސް އިން އެ ޕާޓީ އުވާލުމަށް ނިންމީ ގަވާއިދާ ހިލާފަށް ކޮރަޕްޝަންގެ ނުފޫޒުގައި ޖެހިތިބެގެން ކަމަށާއި އެކަމުން ގައުމު ފަސާދަވެފައި އޮތް މިންވަރު ދޭހަކޮށްދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: