ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ޒަބީހު ހަމަޖެއްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއާރުއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހު ހަމަޖައްސައިފިއެވެ.

ފާރިސް ވިދާޅުވީ ޒަބީހުއާއި އެކު ހެޔޮބަދަލު ތަކެށް ގެންނާނެ ކަމަށާއި ރައްޔިތުންނަށް ހައްގުވާ ބަދަލު ގެންނާނެ ކަމަށެވެ.

އޮގަސްޓު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު ފާރިސް ވަނީ ކުރިމަތި ލާނެ ކަމަށް ވިދާޅުވެފައެވެ.

އެމްއާރުއެމް ގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް ނިންމެވި ނަމަވެސް ސުޕްރީމް ކޯޓުން މައްސަލަ އެމްއާރުއެމް އާއި ދެކޮޅަށް ނިމިއްޖެނަމަ، އެކަމަށް ވެވަޑައިގަންނަވަން ޖެހޭ ތައްޔާރީތަށް ވަމުން އަންނަ ކަމަށް ފާރިސް ވަނީ ސަންގުގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވިދާޅުވެފައެވެ.

ނަމަވެސް، ފާރިސް އަދި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު އީސީ އަށް އަޅުއްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: