ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަބީހް ވަކިކުރީ ކޯލިޝަން އެގްރީމެންޓާއި ހިލާފަށް: އެމްއާރުއެމް

ކުރީގެ ރައީސް މައުމޫނު އާއި މަގާމުން ވަކިކުރި ޒަބީހް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް އިސްމާއިލް ޒަބީޙް މަޤާމުން ވަކިކުރީ ކޯލިޝަން އެގްރީމެންޓާއި ހިލާފަށްކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން ބުނެފިއެވެ.

އެމް.އާރް.އެމްގެ ސްލޮޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޒަބީޙް މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން އެ ޕާޓީއިން ނެރުން ބަޔާނުގައި ބުނެފައިވަނީ އިސްމާއިލް ޒަބީޙްއަކީ ތަޢުލީމީ އަދި ޤާބިލު ބޭފުޅެއްކަަމަށެވެ. ކުއްލިއަކަށް މަޤާމުން ވަކިކޮށްފައިވާ ގޮތާއިމެދު އެމް.އާރް.އެމްއިން ނުހަނު ކަންބޮޑުވާކަމަށް ބުނެފައިވެއެވެ. އަދި ޒަބީޙް މަޤާމުން ވަކިކުރަންޖެހޭ ވަރުގެ ޢަމަލެއް ކުރައްވާފައި ނުވާނެކަން އެޕާޓީއިން ރައްޔިތުންނަށް ކަށަވަރު ކޮއްދެއްވާކަމަށްވެސްވެއެވެ. އެމް.އާރް.އެމް ބުނި ގޮތުގައި ޒަބީޙްއަކީ ހަވާލުކުރެއްވި މަޤާމުގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެކެވެ.

އެގޮތުން އެ ޕާޓީއިން ވަނީ ފާއިތުވެދިޔަ 4 އަހަރާ 4 މަހުގައި ޒަބީޙް ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި ފާހަގަކޮށްލެވޭ ޚިދުމަތްތައްވެސް މީޑިއާތަކާއި ހިއްސާކޮށްފައެވެ.

އެގޮތުން ސަރުކާރަށް 3 އަހަރު ވެގެން ދިޔައިރު ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖް ޤާއިމްކުރުމުގެ މަސައްކަތްތައް އެކިއެކި ސިޔާސީ މުވައްޒަފުންނާއި ހަވާލުކޮށް ކުރިއަށް ނުގޮސްފައިވާ ވަނިކޮށް ޑެޕިއުޓީ މިނިސްޓަރ ޒަބީޙް އާ ހަވާލުކުރެއްވި ދުވަހުން ފެށިގެން އަމަލީ މަސައްކަތްތައް ފައްޓަވައި، މިހާރު ހއ. ދިއްދޫ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށި ޓިވެޓް ސެންޓަރު އިމާރާތްކުރުން ނިމުމަކާއި ހަމައަށް ވަނީ ގެންގޮސްދެއްވާފައިކަމަށް އެމް.އާރް.އެމް އިން ބުނެފައިވެއެވެ. އަދި އެކިއެކި ފޭސްތަކަށް ބަހާލައްވައިގެން އެ ތަންތަން ހުޅުވައި ޚިދުމަތްދެވޭނެ ގޮތްތައް ރާވާ އެކަންކަމުގެ އިރުޝާދު މުވައްޒަފުންނަށް ދެއްވަމުން ގެންގޮސްފައިވާކަމަށް އެމް.އާރް.އެމް ބުނިއެވެ. ޒަބީޙް ޕްރޮޖެކްޓްތަކާއި ހަވާލުވެ ވަޑައިގަތްއިރު ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި ކ. ތުލުސްދޫ ޕޮލިޓެކްނިކް ޤާއިމްކުރަން އިންވެސްޓްކުރާނެ ބަޔަކު ނުވެފައި އޮތްނަމަވެސް، ސިޔާސަތުތަކަށް އެކިއެކި ބަދަލު ގެންނަވައި އެ ތަންތަން ޤާއިމްކޮށްދޭނެ ފަރާތެއްގެ ޝައުޤުވެރިކަން ހޯއްދަވައި ދެއްވާ އެ ތަންތަނުގެ މަސައްކަތްތައް މިހާރު ހިނގަމުން އެބަދާކަމަށް އެމް.އާރް.އެމް އިން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.

ތަޢުލީމީ ޤާބިލް ޒުވާނުން ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދިނުމަކީ އެމް.އާރް.އެމް އިން ނުހަނު އިސްކަމެއްދޭކަމަކަށް ވާއިރު، ޒަބީޙް ފަދަ ޚިދުމަތްތެރި ޒުވާނަކު މަޤާމުން ވަކިކުރެއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޕާޓީއިން ބުނެފައިވެއެވެ. ޕާޓީއާއި މަޝްވަރާ ނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާން ކުރެއްވުމެއްނެތި ކޯލިޝަން އެގްރީމެންޓާއި ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާކަމަށް ބުނެ އެމް.އާރް.އެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސިޔާސީ މަޤްސަދު ހާސިލް ކުރެވޭނެކަމަށް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަޤާމު ދިނުމަކީ ޤައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައި އެ ޕާޓީއިން ދޭކަކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޒަބީހު ވަކިކުރަންޖެހޭ! އޭނާގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭ! އެވަރުގެ ކެޕޭސިޓީއެއް ނެތް! އޭނާގެ ހާޒިރީ ބަލާލުން ރަނގަޅު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: