ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދާ ދެކޮޅަށް ދިން ހެކި ބަސް އަނބުރާ ގެންދިއުމަށް ބިރު ދެއްކިކަމުގެ ފުރުސަތު އެބައޮތް: އެމްއާރުއެމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ގެންދިއުމަށް ހެކިންނަށް ބިރުދެއްކީކަމަށްވުން އެކަށީގެންވާކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބުނެފިއެވެ.

ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވުނު އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ގެންދިއުމާއި ގުޅިގެން އެމްއާރުއެމް އިން ނެރުން ބަޔާނުގައި ބުނެފައިވަނީ އަލީ ވަހީދު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގައި، ފުލުހުންގެ ފަރާތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހަށް މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވިކަމަށެވެ.

އަލީ ވަހީދުގެ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތްތައް ހިންގުމުގެ ކުށުގެ ދައުވާ ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ސިއްރުކުރުމާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން މައްސަލައިގައި ބާވަތުން އަޑުއެހުންތަކަކީ ސިއްރުކުރެވިފައިވާ އަޑުއެހުންތަކެއްކަމަށް ބުނެފައިވާކަމާއި، ޖިންސީ އަނިޔާދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް، ތަހުގީގުކުރެވި މި މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބަޔާންކޮށް، ޕީޖީ އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީއެއް ފޮނުވިކަންވެސް އެމްއާރުއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޖިންސީ އަނިޔާދިނުމުގެ މިފަދަ ސީރިއަސް ތުހުމަތުތަކެއްކޮށް، ތަހުގީގުކުރެވި މި މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން، އެ މައްސަކަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށާއި، ބަޔާންތައް އަނބުރާ ގެނަދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުންދިޔަކަމާއި، އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނުކަން ޕީޖީއިން ބުނެފައިވާތީ އެމްއާރުއެމްގެ ބަޔާނުގައި އެކަންވެސް ފާހަގަކޮށްފައިވެއެވެ.

މިކަންކަމާއި ގުޅިގެން އެމްއާރުއެމް އިން ބުނެފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ އަނިޔާކުރުމާއި، ގެވެށި އަނިޔާފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީއަތުގެ މަރުހަލާތައް ދިގުލައިގެން ދިއުމަކީ، އަނިޔާ ލިބޭ މީހުންނާއި ހެކިބަސްދޭ މީހުންނަށް ވަރަށް ބޮޑަ ފިއްތުތައް ކުރުމަތިވެ، މާޔޫސްވެ މައްސަލަ އިތުތަށް ކުރިއަށް ގެންދިއުމަށް ހިތްވަރުއެލޭކަމެއްކަމަށެވެ. އަދި ގޮތް ހުސްވެގެން މައްސަލަ އަނބުރާ ގެންދާކަމަށާއި، އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ޝަރީއަތުގެ މަރުހަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުންފަދަކަމެއްގެ ގޮތުގައި އެމްއާރުއެމްއިން ސިފަކުރިއެވެ.

އަނިޔާއާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި، ހިމާޔަތް ހޯދައިދިނުމަށް ގާނޫނާއި، ގަވާއިދުތައް ހެދިފައިވީ ނަމަވެސް އެބާވަތުގެ އަމަލުތަކުގެ ޝިކާރައަށްވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކުކަން އެމްއާރުއެމްއިން ފާހަގަކޮށްފައިވެއެވެ. އަދި މަދު ފަހަރަކު ޝަރީއަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ގާނޫނާއި ގަވާއިދުތައް ހެދުމަކީ އެއްވެސް މަގްސަދެއް ހާސިލުވާކަމެއްކަމަށް ނުފެންނަކަމަށް އެމްއާރުއެމްއިން ބުނިއެވެ.

އެމްއާރުއެމްއިިން ބުނީ މިފަދަ މައްސަލަތަކުގައި އާންމުކޮށް ކަން ހިނގާގޮތަށް ބަލާއިރު، ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން ދައުވާކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންދާކަން ފާހަގަވާކަމަށާއި، މި މައްސަލއިގައިވެސް އެގޮތަށް ކަން ހިނގާފައިވުން އެކަށީގެންވާކަމަށެވެ. އަދި މި މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސްއަށް އިންސާފު ނުލިބުނުކަން ތަކުރާރުކޮށް އެމްއާރުއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދައުވާ އަނބުރާ ގެންގޮސް އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބުމުގެ ފުރުސަތު ގެއްލިގެންދިއުމަކީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް އެމްއާރުއެމްއިން ބުނިއެވެ. އަދި މި މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާއާއި ރޭޕްފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމަށްކުރާ މަސައްކަތަށް ލިބުނު ދެރައެއްގެ ގޮތުގައި އެމްއާރުއެމްއިން ސިފަކުރިއެވެ. އަދި އެފަަދަ އަމަލުތަކުގެ ޝިކާރައަށްވާ މީހުންނަށް ލިބޭ އިތުރު ނިކަމެތިކަމެއްކަމަށާއި، އެފަދަ އަމަލުތައް ކުރާ މީހުންނަށް ލިބޭ ހިތްވަރަށްކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ،

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކިންނަށް ރައްކާތެރިކަން ދޭނެ ނިޒާމެއް ގާއިމްކުރުން މުހިންމުކަމަށާއި، އަދި އިންސާފު ލިބުމުގައި ހާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފުލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: