ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބުގެ ތައްޔާރީތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ދަތިތައް ދިމާވަނީ އީސީގެ ސަބަބުން:އެމްއާރްއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމުގައި ތިއްބަސް އިންތިޚާބުގެ ތައްޔާރީތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސަބަބުންކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ގާނޫނުގައި ބުނާ އަދަދު، 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އީސީން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އޮތީ އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އީސީން ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާއި ދެކޮޅަށެވެ.

އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ދަނީ ކަނޑައެޅިގެން ކޯޓުގެ އަމުރާ ހިލާފަށް އެމްއާރުއެމާ މެދު އަމަލުކުރަމުން ކަމަށް ބުނެފައިވެއެވެ. ރިޔާސީ އިންތިޚާބުގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި އެމްއާރުއެމް ބައިވެރި ނުކުރުމަކީ މައްސަލައެއް ކަމަށް އެ ޕާޓީއިން ދެކެއެވެ.

ރިޔާސީ އިންތިޚާބަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި ބައްދަލުވުންތައް ބާއްވާއިރު ވެސް އެމްއާރުއެމް ބައިވެރިއެއް ނުކުރެ އެވެ.

އެމްއާރުއެމްގެ ސިޔާސީ ހަރަކާތްތަކުގައި ކުރިއަށް ދާން މިކަމުގެ ސަބަބުން ދަތިތަކެއް ހުރިކަމަށާއި ޕާޓީއާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް އީސީއިން އަމަލުކުރަމުން އަންނަކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން އެ ޕާޓީއިން ކުށްވެރިކުރާކަމަށާއި މިގޮތައް އަމަލު ނުކުރުމަށް އެ ޕާޓީއިން ވަނީ އީސީއަށް ގޮވާލައްވާފައެވެ.

އެމްއާރުއެމް އުވާލަން ނިންމި ކަމަށް އިއުލާންކުރީ ވެސް ގާނޫނާ ހިލާފަށް ކަމަށާއި އެއީ ސިޔާސީ ނުފޫޒު ފޯރާފައިވާ ނިންމުމެއް ކަަމަށް ގަބޫލުކުރާ ކަމަށް ވެސް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމަށް އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން ވެސް އޮތީ ދައުވަތު ދީފަ އެވެ. އެ މަޝްވަރާގެ ދެ ބައްދަލުވުމެއް ބޭއްވިޔަސް ވާހަކަތައް މެދުކެނޑުނީ އީސީން ޕާޓީ އުވާލަން ނިންމި ނިންމުމާ ގުޅިގެންނެވެ.

ސިޔާސީ ޕާޓީއެއްގައި މެމްބަރުންގެ ތިބި އަދަދަކީ ގައުމު އިސްލާހުކުރުމުގައި މާ މުހިއްމު އަދަދެއް ނޫން ކަމަށް ވާހަކަ ދައްކާ އެމްއާރުއެމުން އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމުގައި ތިއްބަސް އަދި ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ.

އެމްއާރުއެމުން އިންތިޚާބުގައި ވާދަކުރައްވާނީ ޕާޓީގެ ރައީސް ފާރިސް މައުމޫން ކަމަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ފެށި އެވެ. އެކަމަކު އިންތިޚާބުގައި ވާދަކުރައްވާނެ ކަން ފާރިސް ރަސްމީކޮށް ވިދާޅެއްނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: