ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްމީދަކީ ސަލާމަތާއި ރައްކާތެރި ކަމާއި އެކު އަންނަން އޮތް ޖީލުތަކަށް މިޤައުމު ރައްދުކޮށްދިނުން: ޤާސިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ / ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްމީދަކީ ސަލާމަތާއި ރައްކާތެރި ކަމާއި އެކު އަންނަން އޮތް ޖީލުތަކަށް މިޤައުމު ރައްދުކޮށްދިނުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި ގާސިމް ވިދާޅުވީ ގައުމުގެ މުސްތަގުބަލަކީ ޒުވާނުންނާއި އަންނަން އޮތް ޖީލުތައް ކަމަށެވެ.

ސިޔާސީ އެއްވެސް ކުލަޖެހުމެއްނެތް މި ޙަރަކާތް ފެނިގެންދަނީ ޒުވާނުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިން ޙަރަކާތަކަށެވެ. ޚާއްޞަކޮށް މި ކުޅިވަރުތައްބަލަން ޙާޟިރުވެތިބި ޅަފުރާ ޢުމުރުގެ ކުދީންގެ ޝައުޤު ވެގެންދިޔައީ އިންތިޒާމުކުރިފަރާތުން އެކުދީންނަށް ފުރުޞަތެއް ދިނުމެވެ. އެކުދީން އެދޭ ގޮތަށް ސްޓޭޖްމައްޗަށް އައިސް އެކުދީންގެ އުފާވެރިކަމުގެ ޝުޢޫރުތައް އެކުދީންގެ އަމިއްލަ ނެށުމުގެ ޙަރަކާތަކުން ދައްކައިލުމެވެ.

އަނެއްކާވެސް ބިދަބިންގެ ޙަރަކާތްތަކަކަށްފަހު  ހަފްލާގައި ވަނީ ނަޞީބުވެރިއަކުވަނީ ހޮވައިފައެވެ. އެއީ ފުރަވީރު ފޭސްބުކް ޞަފްޙާގައި ހުށަހަޅައިފައިވާ ސުވާލެއްގެ ފުރިހަމަ ޖަވާބު ދިން ފަރާތެކެވެ. އެއީ އެ ޞަފްޙާގައި ރަތް ދިދައެއް ހިފައިންގެ އޮތް އަތެއް އެއީ ކޮން ބޭފުޅެއްގެ އަތްތޯ ކޮށްފައިވާ ސުވާލެވެ. އެ ސުވާލުގެ ފުރުހަމަ ޖަވާބު ދިނީ ހަޝްމާ ނުވަތަ ސްޓޭޖުން އިޢުލާންކުރި ހަޗުމާ ނަމަކަށް ކިޔާ ކުއްޖެކެވެ. މި ނަޞީބު ވެރިއާއަށް ސްޓޭޖް މަތީ ރަމްޒީ ގޮތެއްގައި އިނާމު ޙަވާލުކޮށްދެއްވީ ނަހުލާއެވެ.

އަނެއްކާވެސް ބިދަބިންގެ ނެށުންތެރީންގެ ޙަރަކާތްތަކަކަށް ފަހު އަލިފާނުގެ ކުޅިވަރެއްގެ ޗަރުކޭސް ފެށިއްޖެއެވެ. މިއީ މިއުޒިކްގެ ހަމަތަކަށް ނެށުމެއްގެ ތެރެއިން ދައްކައިލާ ކުޅިވަރެކެވެ. އިނގިރޭސި ބަހުން ފަޔަރ ޑާންސްގެ ނަން ދީފައިވާ މި ޙަރަކާތަކީ އޭގައި ނުރައްކާ ވެސް އޮތް ކުޅިވަރެކެވެ. ހުޅު ރޯކޮށްފައިވާ ދަނޑިތަކެއް ނުވަތަ ދަނޑި ބުރިތަކެއްގެ އިތުރުން އަނގައިން ފޮނުވައިލާ ވަޔާއި އެކު ޖައްވުގެ ތެރެއަށް ހުޅުގަނޑު ބުރުވައިލާ ޗަރުކޭހެކެވެ. މިއީ އެކަމަށް ތަމްރީނު ލިބިފައިވާ ހުނަރުވެރިއެއްގެ

އުކުޅުތަކެއް ދައްކާ ކުޅިވަރެކެވެ.

އަމިއްލައަށް ކުރަން އެކަށީގެން ނުވާ ނުރައްކާތެރި ކުޅިވަރެކެވެ. އެހެން ނަމަވެސް ކަމުގެ ތަޖުރިބާކާރު ހުނަރުވެރި ޗަރުކޭސް ކުޅޭ މިހުން މިކުޅިވަރަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ފެންނާނޭހެން މި ޗަރުކޭސް ދައްކައެވެ.

މިއީ ވެސް ވަރަށް ބަލާހިތްވާ މަޖާ ކުޅިވަރެކެވެ. ނަމަވެސް މި ކުޅިވަރު ބެލުމަކީވެސް ވަރަށް ސީރިއަސްކޮށް މަޑުމައިތިރިކަމާއި އެކު ތިބެގެން ބަލަމުން ދިޔަ ކުޅިވަރުތަކެއްކަން ފާހަގަ ވިއެވެ.

ތަފާތު އެކި ގޮތްގޮތަށް އަލިފާން ބޯޅަތަކެއް ހަދައި އެތަކެތި ދޫލާބުތަކެއްހެން ކުޅިވަރު ދައްކާމީހާ އަނބުރަމުން ގެންދާ މަންޒަރު އެއީ ޙައިރާންކަންވެސް އެތައް ގުނައަކަށް ކުރުވާ މަންޒަރެކެވެ.

ހަވާ އެރުވުމުގެ ކުޅިވަރަކީ ވަރަށް ކުރީއްސުރެ ރާއްޖޭގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. މި މަންޒަރު ފެނިގެންދަނީ ޖައްވުގެ ތެރޭން ފެތުރެމުން ފޮޅެމުން އަންނަ އަލިތަކެކެވެ. މިއީ ހިތްގައިމު މަންޒަރެކެވެ. ބަޑިބޭހުގެ މި ކުޅިވަރަކީ އެކި ކުލަކުލައިގެ އަލިތަކުން ޖައްވު ޒީނަތްތެރި ކޮށްލާ ކުޅިވަރެކެވެ. މި ކުޅިވަރު ބެލުމުގެ ޝައުޤަކީ ކުޑަކުއްޖެއް ބޮޑުމީހެއް އިސްތިސްނާވާ ކަމެއް ނޫނެވެ. އެހެން ކަމުން މި ކުޅިވަރު ފެށުމާއި އެކު މީސްތަކުންގެ ކަނދުރާތައް މައްޗަށް އުފުލި ޖައްވުގެތެރެއިން ފެންނަމުންދާ ޢަޖައިބު ރީތި ކުލަތަކާއި އުދުހޭ އަލިތަކަށް ނަޒަރު ހުއްޓިގެން ދިޔައެވެ. އަޑުބާރު ގޮވުންތަކާއި ކުދިކުދި ގޮވުންތަކުގެ އަޑުން ބަލާމީހުންގެ ލޯތަކަށް މި މަންޒަރުތައް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ.

 

ވަރަށް ގަދަ
22%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 22%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: