ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮމުގެ ހަމަލާގައި ރައީސް ނަޝީދު އަވަހާރަވިނަމަ އުފާކުރާނެ ބަޔަކު ސަރުކާރުގައި އެބަތިބި: އިންތި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އަވަހާރަވި ނަމަ އެކަމާ އުފާކުރާނެ ބަޔަކު  ތިބި ކަމަށާއި އެފަދަ ބޭފުޅުން މިސަރުކާރަތް ނިސްބަތްވާ ބޭފުޅުންގެ ތެރޭގައި ތިބޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި އިމްތިޔާޒް ވަނީ މެއި 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގައި ސަރުކާރުން ކަންކުރަމުންދާ ގޮތާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގެމައުލޫމާތު އެކަން ހިނގުމުގެ ކުރިން ރައީސް ސާލިހަށް އެނގިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް  މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެހަމަލާއާއި ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި ގުޅުވައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވާތީ އެކަމަށް އިމްތިޔާޒް ވަނީ ފާޑުވިދާޅުވެފައެވެ.

އިމްތިޔާޒް ވިދާޅުވީ ރައީސްގެ ތަރުޖަމާނަކަށް ގިނަފަހަރު ހުންނަވާނީ ޕަޕެޓެއްކަމަށާއި އެގޮތުން ރައީސް ބޭނުން ކޮންމެ ވާހަކަފުޅެއް މެސެޖް ދިނީމަ ތަރުޖަމާނަކީ އެވާހަކަ އެއް ވިދާޅުވަން ހުންނަ ބޭފުޅެއްކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ ސަރުކާރުން އެވިދާޅުވަނީ ވަރަށް ލަދުވެތި ވަރަށް ދެރަވަރުގެ އަދި ގޮތްކުޑަ ވާހަކަ ފުޅެއް ކަމަށެވެ.

ފިޔަވަޅު އަޅަންޏާ އަޅަންޖެހޭނީ ބަލަންޖެހޭ މައްސަލަ އަކީ ކޮބައިތޯ؟ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މާލޭގެ މެދުގައި މަގެއްގައި ބޮމެއް ގޮއްވާލި މައްސަލަ. އެމައްސަލަ ބަލާފައި އޭގައި ޝާމިލްވާ މީހުންނާ އޭގެ އަޑީގައި ތިބި މީހުންނާ އެ ޝަރީއަތްތައް ހިންގުމާއި އެކަމެއް ނޫންތޯ ބަލަންޖެހޭނީ. ؟ ފިޔަވަޅު އަޅަން މި ކިޔަނީ ރައީސް ނަޝީދު އަވަހާރަކޮށްލި ވާހަކަ ދައްކާ މީހުންނަށް.  ބޮން ގޮއްވާލި މައްސަލަ ނުވެސް ބެލުނެއް ނޫންތޯ ހަގީގަތުގައި. މިހާރުވެސް އެންމެ މީހަކަށް މިހިރީ ހުކުމެއްވެސް އިއްވިފައި އެ މައްސަލައިގައި. އެއީ އެމީހަކު އިއުތިރާފެއްވީ ކަމަށްޓަކައި. ދެން ނޭނގެ އޭނާ އެޕީލްކޮށްގެން ހައިކޯޓަށް ލައިގެން ދެންވާނެ ގޮތެއްވެސް.

އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގައި 2 އަހަރު ވެގެން ދިޔައިރުވެސް ޝަރީއަތްތަކެއް ހިންގިފައިނުވާ ކަމުގެ ކަންބޮޑުވުން ރައީސް ނަޝީދާއ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ރައީސްގެ ހާއްސަ އެންވޯއީ އައްބާސް ފާއިޒް ވެސް ފާޅުކުރަމުންދާ ކަމަށެވެ.

ރައީސް ނަޝީދުގެ ބޮމުގެ ހަމަލާގެ މައްސަލައިގައި ޝަރީއަތްތައް ނުހިނގާ މައްސަލައިގެ ސަބަބުތަކެއް ހުރިކަން ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ އެކަމުގެ ސަބަބުތައް ހޯދުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިޔުމުން އަންގާފައިވާ ކަމަށެވެ. އެގޮތުން އެކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލައިގައި ބައެއް ފަނޑިޔާރުން ތަނާޒުލް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތަނާޒުލްވި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު މިހާރު އިންނެވީ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ކަަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

ރަނގަޅަށް ބަލައިލިއިރުގައި އެފަނޑިޔާރު ބޭފުޅާ މިވީ ހިންނަވަރަށް ނިސްބަތްވާ ބޭފުޅަކަށް. އެއީ އިއްތިފާގެއް ކަންނޭނގެ.

 

އިމްތިޔާޒް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައި ފަހުން ރައީސް މުހައްމަދު ނަޝީދާއި އެއްވެސް މަޝްވަރާ ކުރުމެއް ނެތި ޕާޓީގެ ކަންކަން ކުރިއަށްގެންދާ ކަމަށެވެ. އަދި އެކަމާ އެމަނިކުފާނު ކިތަންމެ ފަހަރަކު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި ދަނޑިވަޅުގައި ހިތާމަވެރި ކަމެއް ކުރިމަތިވި ކަަމަށެވެ. އެކަމަކީ ރައީސް ނަޝީދު ބޮމުގެ ހަމަލާގައި ޒަހަމްވެ ވަޑައިގެން ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ހާލުކޮޅު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައްލަވާލައްވާފައިނުވާތީ އެކަމަކީ ދެރަ ކަމެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވި ބޭފުޅަކު ޕާޓީގެ ރައީސްގެ ހާލު ނުބެލުމަކީ ދެރަކޮށް ދިމާވި ކަމެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެކަމުގެ ކަންބޮޑުވުން  ފާޅުކުރައްވައި އެންމެ ފަހަރަކުވެސް ރައީސް ނަޝީދަށް ގުޅުއްވައި ނުލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިންނަވާ ވަޓްސްއެޕް ގްރޫޕެއްގައި ފާޅުކޮށްފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެކަމަށް އިތުރު ރައްދެއް ރައީސް ސާލިހް ދެއްވާފައިނުވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އެހެންނޫންނަމަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަން ޖެހިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ދެކެނީ ރައީސް މުހައްމަދު ނަޝީދު އެފަދަ ބަސްފުޅެއް ވިދާޅުވީމަ ނޫނެކޭ  ގުޅުއްވީމޭ. އަނެއްކާ ގުޅުއްވިފަދަ ހެކިތަކެއް ރައްޔިތުންގެ އިތުބާރު ހޯދުމަށް  ދައްކަންޖެހޭނެ.ތ މިހުންނަނީ ކަމެއް ރަނގަޅު ކުރުމަށް، ޕާޓީއެއް އެެއް ޖަމާއަތެއްައި މަސައްކަތްކުރާ ބައެއްގެ ކަންކަން ހައްލުކޮށް ރަނގަޅު ކުރުމަށް ހަމަގައިމުވެސް ހޯއްދަވަން އުޅުއްވި ކަމަށް ވަނީނަމަ އެހައްލުތައް ލިބިގެންދާނެ. އެހެންނަމަވެސް އެކަން ކުރަން ގަސްތެއްވެސް ނުކުރައްވާ. ނިޔަތެއްވެސް ނެތް. ހަމަ ހަލާކަށް ގެންދެވީ. އަޅުގަނޑުމެންނަށް މިހާރު ފެންނަން އޮތީ ޕާޓީ ދެބައިވެ އިތުބާރު ގެއްލި މީހުންގެ މެދުގައި ދެން އިތުރު ދައުރެއްވެސް ނުދެވޭ މިންވަރަށް އެއޮތްގެން ކަންތައް އެދަނީ. ޕާޓީގެ އެތެރޭގެ މަސައްކަތްތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޕާޓީގެ ޗެއަރޕާސަންވެސް ވިދާޅުވި ހައްލު ނުކުރެވުނޭ، މިއީ ފެއިލަރ އެކޭ ހައްލުވެގެން ނުދިއުމަކީ އެހެންވީމަ އެއީ އެކަން ހިނގައިދިޔަ ގޮތަކީ.

އިމްތިޔާޒް ވިދާޅުވީ ކޮންމެ ޕާޓީއަކީ ފަލްސަފާއަކާއި، އައިޑިއޮލޮޖީ އަކާއި ހަމަތަކާއި އުސޫލުތަކެއް ދަމަހައްޓައި ޕްރޮމޯޓް ކުރުމަށް ހެދިފައި ހުންނަ އެއްޗެއްކަމަށެވެ.

އެމްޑީޕީގެ ފަލްސަފާއާއި ފިކުރާއި އުސޫލުތައް ބަދަލުވަމުންދާތީ އެކަން ރަނގަޅުކޮށް އެ އުސޫލުތައް މުގުރަމުންދާތީ އެކަންބޮޑުވުމާއި އެވާހަކަތައް ޕާޓީގެ ލީޑަރޝިޕާއި ދައްކަމުން ދިޔަ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. ނަމަވެސް އެކަން ހައްލު ނުވުމުން ޕާޓީ ދޫކުރައްވައި އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދަނީ އެބޭފުޅުން ގަބޫލުކުރަމުންދިޔަ އަދި ގަބޫލު ކުރާ އަސާސްތައް ދެމެހެއްޓުމަށް ޓަކައި ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: