ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން އެމްޑީޕީއަށް ސޮއިކޮށްފި

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން އެމްޑީޕީއަށް ސޮއިކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މީގެ ކުރިން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މުހުސިން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާއިރު، އެމްޑީޕީއިން މައުލޫމާތުދީފައިވާ ގޮތުގައި އެ ރަށުގެ އެހެން ރައްޔިތުންތަކެއްވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. މި ފޯމްތަކައި ހަވާލުވުން އޮތީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޙާބާއި ގުޅުވައި އުފެދެމުންދާ ހަމަނުޖެހުމުގެ ތެރެއިން މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީއާއި ވަކިވެފައިވާއިރު، އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރަށް ތާއީދުކުރާ 50 މެންބަރުންގެ ސޮޔާއިއެކު މަޖިލީހަށް ހުށައަޅާފައިވާއިރު، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިވެސް މުހުސިން ވަނީ ސޮއިކުރައްވާފައެވެ.

ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވުމަށް އެމްޑީޕީއިން އެރުވި ކޯލިޝަންގެ ދައުވަތު ގަބޫލުނުކުރި ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: