ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވެން އޮތީ ޓުއަރިޒަމް ކުރިއަރުވައިގެން: ރައީސް ޞާލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވެން އޮތީ ޓުއަރިޒަމް ކުރިއަރުވައިގެންކަމަށާއި މިކަމަށްޓަކައި އެއާރޕޯޓްތައް ތަރައްގީ ކުރުމަކީ މުޙިއްމުކަމެއްކަމަށް އެމްޑީޕީއާއި ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގެ ފަސް ވަނަ ސިޔާސަތުކަމަށްވާ ” އިޤްތިޞާދީ ބޮޑު ބަދަލް” އިފްތިތާހްކުރުމަށްޓަކައި ރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ ޖަލްސާގައެވެ.

އެމަނިކުފާނުގެ ވާހަކައިގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވޭނީ ފަތުރުވެރިކަން ކުރިއަރުވައިގެން ކަމުގައި ވިދާޅުވިއެވެ.

އެގޮތުން މެނިފެސްޓޯގައި ހިމަނާފައިވާނީ ކުރިއަށް އޮތް ދައުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ބޮޑުކޮށް، ހަނިމާދޫ އެއަރޕޯޓާއި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑު ކުރާ ވާހަކަ ހިމެނިފައިވާނެކަމަުގައި ވިދާޅިވިއެވެ. މީގެ އިތުރުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ބޮޑު ކުރާ ވާހަކަ ހިމެނޭނެކަމަށްވެސް ވިދާޅިވިއެވެ.

ރައީސްގެ ވާހަކައިގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑު ކުރުމުން 7 މިލިއަން ފަތުރުވެރިންނަށް ޙިދުމަތް ދެވޭ ގޮތައް އެތަނުގެ ޙިދުމަތްތައް ފުޅާކުރެވޭނެކަމުގައި ވިދާޅުވިއެވެ. އަދި ގަމާއި ހަނިމާދޫ އެއަރޕޯޓް އެއްކޮށްލުމުން 3 މިލިއަން ފަތުރުވެރިންނަށް ޙިދުމަތްދެވޭނެކަމަށް ވިދާޅުވިއެވެ.

“އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 3 މިލިއަން ހުރަސްކޮށް 4 މިލިއަނަށް 5 މިލިއަނަށް އިތުރުކުރުން” ރައީސް ޞާލިހް ވިދާޅުވިއެވެ.

މިކަންތައްތަކަށް ތައްޔާރުވުމުގެ ގޮތުން އެއާރޕޯޓްތައް އެޅުމާއި އާރްޓީއެލްއިން މުޅި ދިވެހިރާއްޖޭ ގުޅާލުމާއި މާލޭގެ ބަނދަރު ގުޅީ ފަޅަށް ބަދަލްކުރުމާއި އިތުރު އިޤްތިޞާދީ މަސައްކަތްތައްވެސް މިކަމުގެ ތެރޭގައި ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ. މީގެ ތެރެއިން ލިބޭ އެންމެ ބޮޑު އެއް އުފަލަކީ ވަޒީފާގެ ފުރުޞަތުތައް އުފެދިގެން ދިއުން ކަމުގައި ވިދާޅުވިއެވެ.

މިއިން ކޮންމެ ކަމަކާއި ގުޅިގެން އެތައް ވަޒީފާއެއް އުފެދިގެންދާނެކަމަށާއި، ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ސަބަބުން ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓްތައް ތަރައްޤީ ކުރެވިގެން ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރެވޭނެ މަގު ފަހިވާނެކަމަށާއި ހަމައެކަނި ސަރުކާރުން އިސްނަގައިގެން ތަރައްޤީކުރާ މަޝްރޫޢުއެއްގެ ދަށުން އައްޑޫގައި އެކަނިވެސް 7000 އެނދުގެ ޕްރޮޖެކްޓްއެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަކަމަށް ވިދާޅުވިއެވެ.

އަދި މިފަދަ އިތުރު ޕްރޮޖެކްޓެއް މާލޭން އުތުރުގައި ޚާއްސަކޮށް ބޮޑު ތިލަދުންމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައިކަމަށް ވިދާޅުވިއެވެ.

ވޔަފާރިތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން ސަރުކާރުން އެހތެރިވެދޭނެކަމުގައި ވިދާޅުވިއެވެ. 2028 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އިޤްތިޞާދު 170 ބިލިއަން ރުފިޔާ ފަހަނައަޅާ ކުރިއަށްދާނެކަމަށާއި، ރާއްޖޭގެ އާމްދަނީ 45 ބިލިއަނާއި 50 ބިލިއަނާއި ހަމައަށް ފަހަނައަޅާ ދާނެކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ. އަދި ލޯން ނަގައިގެން ތަރައްޤީ ކުރި ނަމަވެސް ލޯން އަދާކުރާނެ ފައިސާ ދައުލަތުގައި ހުންނާނެކަން ޔަގީން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރުން ވާ ވައިދުތައް ފުއްދާނެކަމުގައި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕިއިން ވަނީ 2023 ވަނަ އަހަރަށް އެ ޕާޓީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގެ ފަސް ވަނަ ބައި އިފްތިތާހްކޮށްފައެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ޖުމްލަ ފަސް ސިޔާސަތެއް ހިމަނާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: