ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބަށް ނުފޫޒު ފޯރުވަނީ އިދިކޮޅުން: އެމްޑީޕީ

ރައީސް ސާލިހު، މިނިިސްޓަރު ފައްޔާޒު، މިނިސްޓަރު ޝާހިދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިޚާބަށް ނުފޫޒު ފޯރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް ތާއިދުކުރައްވާ ފަރާތްތަކުގެ ވޯޓްލާ ސަރަހައްދުގެ މަޢުލޫމާތު ރީ ރެޖިސްޓްރޭޝަން މެދުވެރިކޮށް ބަދަލުކުރަމުންދާކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޞާލިހްއަށް ތާއިދުކުރައްވާ ފަރާތްތަކުގެ ވޯޓްލާ ސަރަހައްދު ދުރު ސަރަހައްދުތަކަށް ބަދަލުކުރުމަށް ރީ ރަޖިސްޓްރީގެ މަސައްކަތްތައް އިދިކޮޅުގެ ފަރާތްތަކުން ކުރާ ކަމަށް ތުހުމަތުކޮށް އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ގޮވާލައްވާފައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ރީ ރަޖިސްޓްރީ ކުރާ ކަމުގެ މަޢުލޫމާތުތަކެއް އެ ޕާޓީއަށް ޝަކުވާތަކެއް ލިބިފައިވާކަމަށް ބުނެފައިވެއެވެ. އަދި މިކަމަށް ސަމާލުވެ ހުރިހާ ބޭފުޅުންވެސް ވޯޓް ލުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު 1414 އަށް މެސެޖްކޮށްގެން ބެލުމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީއިން ވަނީ އިދިކޮޅު ފަރާތްތަކުން އިލެކްޝްނަސް ކޮމިޝަންގެ ރީ ރަޖިސްޓްރޭޝަން މަސައްކަތްތަކަށް ނޭދެވޭ ނުފޫޒް ފޯރުވާކަމަށްވެސް ބުނެފައެވެ. އަދި މިގޮތައް އިދިކޮޅުން އަމަލުކުރަމުން އަންނަނީ އިންތިޚާބުގެ ދެވަނަ ބުރުން ބަލިވާނެކަން ޔަޤީންވާތީ އިންތިޚާބު ގަނޑުބަނޑުކުރުމުގެ ބޭނުމުގައިކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީއިން އިންތިޚާބަށް މަސައްކަތް ކުރުމަށް އެއްވެސް ޤައިރު ޤާނޫނީ މަސައްކަތެއް ނުކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށާއި އިންތިޚާބުގެ އިބްޒަރވަރުންނަށް ޔަޤީންކޮށް އަރުވާކަަމަށްވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީ ރަޖިސްޓްރޭޝަން ކުރުމުގެ ފުރުޞަތު މިއަދު 4 ސުންމިނަޓަށް ހަމަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: