ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި ބަޔަކަށް ދެވަނަ ފުރުޞަތެއް ދީގެން ނުވާނެ: ރައީސް ޞާލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނަށް ވެރިކަން ކުރަން ފުރުސަތު ލިބިއްޖެނަމަ 2013 އާއި 2018 އާ ދޭތެރޭގައި ކަންތައް ވެގެން ދިޔަ ގޮތަށް ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވާނެ ކަމަށާއި، އެހެންކަމުން އެ ފުރުސަތު ދެވަނަ ފަހަރަށް ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ގޮވާލައްވައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ ދުވާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ވާދަވެރިން ދައްކަމުން ދަނީ ރަށްތަކަށް އަރާ ވައުދުތައް ވާ ވާހަކަ ކަމަށާއި، އެެހެން ނަމަވެސް އެ ބޭފުޅުންނަށް ފުރުސަތު ލިބުނު އިރު ފައިސާ އަށް ވީ ހިޔާނަތްތެރި ކަމަށެވެ.

“ވާދަވެރިން މި ދައްކާ ވާހަަކައަކީ ކޮން ވާހަކައެއް. އަރާ ކޮންމެ ރަށަކަށް ވައުދުވަމުންދާ ވާހަކަ، އެކަން ކޮށްދޭނީ ކިހިނެއްތޯ ކުރާ ސުވާލު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވީ ވައުދުތަކާއި މިހާތަނަށް ކޮށްދެވިފައި ހުރި ކަންތައް، ޕީއެސްއައިޕީ ބަޖެޓުން މިހާރު 34 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށް ނިންމައިފިން.”.

ރައީސް ވިދާޅުވީ، 2013 އިން 2018 އަށް ރައްޔިތުން ބާރުތައް ދިން ކަމަށާއި، މަޖިލީހުގެ ފުލް މެޖޯރިޓީވެސް ދިން ކަމަށެވެ.

“އެހެން ނަމަވެސް ކަންވެގެން ދިޔަ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެންމެ ބޮޑު މައްސަލައަކީ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނެތުން. ތިމާއަށް ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތް ކުރި މީހުންގެ މަތިން ހަނދާން ނަައްތާލުން، އެ ހިސާބުން މަގު އޮޅިއްޖެ، ކޯލިޝަނުގައި ތިބި މީހުން ފޭކުރަން ކުރަމުން ގޮސް ހަމައެކަނި ވެރިކަމަކީ ތިމަންނަގެ މިލްކެއް ކަމަށް ހަދާ މަސައްކަތް ކުރަން ފެށި.”.ރައީސް ޞާލިހް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން މުޅި ގައުމު ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ވައްޓާލި ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައީސް ޔާމީންގެ ސަރުކާރަށް  ކަންތައް ނުކުރެވެން ދިމާވި ފުރަތަމަ ސަބަބު ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ސަރުކާރަށް، މި ސަރުކާރު ވެރިކަމަށް އާދެވުނު ގޮތް ވަރަށް ސާފްކޮށް އެނގޭ ކަމާށާއި، އެ ދުވަހު ވީ ވައުދާއި އެއްގޮތަށް ސަރުކާރު ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަންކަން ނިންމަމުން ދަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ އެންމެންގެ ލަފާ އާއި މަޝްވަރާއާ އެކީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އެހެންވީމަ މިއަދާއި ހިސާބަށް އާދެވުނުއިރުގައި މި ސަރުކާރު ދެމި އޮވެ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދެމުން މި ދަނީ،”.

ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުގައި ދެވަނަ ކަމަކަށް،  ކަންކަން ނުކުރެވިގެން ދިޔައީ ރައްޔިތުންގެ ފައިސާއަށް ބޮޑުތަނުން ހިޔަނާތްތެރިވެރިވުމުން ކަމަށެވެ.

“ދައުލަތުގެ އަގުބޮޑު މުދާ ވިއްކާފައި ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، މިއީ އެ ބޭފުޅުންނަށް ކަން ނުކުރެވުނު ގޮތަކީ، ދެން ވެސް އެ ފުރުސަތު އެ ބޭފުޅުންނަށް ލިބިއްޖެ ނަމަ ކަންހިނގާނީ އެގޮތަށް. ނަމަނަމަ ތިބޭފުޅުން އެ ފުރުސަތު ދެވަނަ ފަހަރަށް އެބޭފުޅުންނަށް ނުދެއްވައްޗެއް.”ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ހއ. ގެ ހުރިހާ ރަށަކަށް ދެވިއްޖެކަމަށާއި ހއ. އޮތީ ބަރާބަރަށް ގޮތް ނިންމާފައިކަމަށާއި، ށ އަތޮޅުގެ ހުރިހާ ރަށެއް އޮތީ އުފާވެރި އަމާން ރާއްޖެއެއް ހޯދަން އެކީގައި ނުކުމެ ވޯޓުދޭން ތައްޔާރަށްކަމުގައި ވިދާޅިވިއެވެ.

ރައީސް ވިދާޅުވީ ނ. އަތޮޅަށް ވަޑައިގަތް އިރު އެ އަތޮޅު އޮތީ މާބޮޑަށް ވެސް އިންތިޚާބަށް ގޮތް ނިންމައިގެން ކަމަށެވެ. ބ. އަތޮޅުން ވެސް ފެނުނީ މާބޮޑަށް ފައްކާވެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައި އޮތް މަންޒަރު ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނަށް ވ މ ފ ދ ތ ލ އަށް ދެވިއްޖެކަމަށާއި، ހުރިހާ ރަށަކުންވެސް ފެންނަނީ ހަމަ އެއް މަންޒަރެއްކަމުގައި ވިދާޅިވިއެވެ. ރ އަތޮޅުންވެސް ފެނުންނީ އެ ރޫހާއި ޖޯޝްކަމަށާއި މި އިންތިޚާބު އެއްބުރުން ނަގާނެކަމަުގައި ވިދާޅުވިއެވެ.

“9 ސެޕްޓެމްބަރުގައި ނިކުމެ މިކަން އެއްބުރުން ނިންމާނަން” ރައީސް ޞާލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: