ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ބޭނުން ކުރަމުން އައި ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިން

އެމްޑީޕީގެ މައި ހަރުގެ ހުރި ތަނުގައި "ދަ ޑިމޮކްރެޓްސް" ގެ ހަރުގެ ހުޅުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ މައިހަރުގެ ހުސްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނު މައްސަލައިގައި އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އެމްޑީޕީގެ ފަރާތުން ހަރުގެ ހުސްކުރުން ހުއްޓުވައި ދެއްވުން އެދި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނިޔަލަށް އެތަން ބޭނުން ކުރަން ވެރިފަރާތުން އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށެވެ.

އެމްޑީޕީ މައި ހަރުގޭގެ ވެރިފަރާތް، ޝަފިއްޔާ ޒުބެއިރު އާއި އެމްޑީޕީ އާއި ދެމެދު ހަރުގޭގެ އެއްބަސްވުން ވެވިފައިވަނީ އަނގަ ބަހުން ކަމަށް ހުށަހެޅި ލިޔެކިޔުންތަކުގައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ މައި ހަރުގެ އަށް އެހެން ސިޔާސީ ޕާޓީއަކުން ވެރިވެފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެމްޑީޕީ މައިހަރުގެ ކުއްޔަށް ދިނުމަށްފަހު އިމާރާތުގެ ވެރިފަރާތް ކަމަށްވާ ޝަފިއްޔާ ޒުބެއިރު ވިދާޅުވީ އެމްޑީޕީގެ އިސް ފަރާތްތަކަށް މާޗް 31 ގައި ހަރުގެ ހުސްކުރުމަށް އެންގި ނަމަވެސް އެކަމަށް އަޅައިނުލާ ހަރުގެ ހުސްކުރެވެން ނެތްކަމަށްބުނެ ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ހަރުގެ ހުސްކުރެވެން ނެތް ސަބަބަކީ ކުލި ބޮޑުކަމުން ކަމަށް ޝަފީނާޒް ބުނެފައިވާތީ އެކަމާއި ގުޅިގެން “ސަންގަށް” މައުލޫމާތު ދެއްވައި އިބްރޭ ވިދާޅުވީ ހަރުގެ ހުސްކުރަން ބުނި މުއްދަތުގައި ހުސްކުރެވެން ނެތް ކަމަށް ބުނެފައިވަނީ ކުލި ބޮޑުކަމުން ކަމަށް ބުނެފައިނުވާނެ ކަމަށެވެ. އަދި އެމްޑީޕީ މައި ހަރުގޭގައި ޕާޓީގެ އިންތިހާބަށް ބޭނުންކުރަމުންދިޔަ ބައެއް ތަކެއްޗާއި ރާއްޖެއިން ބޭރުން ގެނައި ތަކެތި ހުންނާނެ ކަމަށެވެ.

އިބްރޭ ވިދާޅުވީ ހަރުގެ ހުސްކުރުމާއި ބެހޭ ގޮތުން އެ ޕާޓީން ދިޔައީ ޝަފީއްޔާ އާއި ވާހަކަ ދައްކަމުން ކަމަށެވެ.

މީގެ އިތުރުން ޝަފިއްޔާ އެމްޑީޕީ މައިހަރުގޭގައި އިމާރާތް ކުރަން ބޭނުންވާ ވާހަކަ ދައްކާފައިވަނީ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ގެ ދުވަސްވަރުގައި ކަމަށް އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ ޝަފިއްޔާ މައި ހަރުގެ އިމާރާތް ކުރަން ބޭނުންވެގެން އެވާހަކަ ދެއްކުމުން އެކަމުގައި ޕާޓީއާއި އޭނާ އަށް ފައިދާ ވާ ގޮތަށް ކުރިއަށް ދިއުމަށް ބުނިކަމަށެވެ.  ނަމަވެސް ރިޔާސީ ޕްރައިމަރީއަށް ފަހުގައި އޭނާ އެކަން ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ޝަފިއްޔާ  އެމްޑީޕީ މައި ހަރުގޭގެ ކުލި ނުދައްކާ ކަމަށާއި ފެން ބިލާއި ކަރަންޓް ބިލު ގަވާއިދުން ދައްކާފައިނުވާ ކަމަށް ބުނެފައިވާތީ އިބްރޭ ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން މިހާތަނަށް ދައްކަންޖެހޭ ބިލެއް ނުދައްކައި ޖޫރިމަނާ ނުވަތަ ރެޑްނޯޓިސް އައި އެއްވެސް ބިލެއް ނޯންނާނެ ކަމަށާއި ހަރުގޭގެ ކުލި މަހުން މަހަށް ދައްކަމުން ދިޔަ ކަމަށާއި އެގޮތުން އަންނަ މަހުގެ ކުލިވެސް މިމަހު ދީފައިވާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: