ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި

ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައާއި ގުޅިގެން އިދިކޮޅުން ހުށަހެޅި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ 31 މެއި ވާ ބުދަ ދުވަހުގެ (މާދަމާގެ) ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ޗާގޮސްގެ މައްސަލައިގައި އެކުލަވާލާފައިވާ ކޯލިޝަން އިންނެވެ.

މި މައްސަލައިގައި އޮތް އާއްމު ކޮމިޓީން ނިމްމީ މީގެ ކުރިން ވެސް އަމަލު ކުރާ އުސޫލުން އިތުބާރު ނެތްކަމުގެ ހުށަހެޅުންތަކުގައި ޖަވާބުދާރީވުމަށް ވަގުތު ދިނުމަށެވެ.

ވަގުތު ކަނޑައަޅާފައިވާ ގޮތަކީ، ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، މެމްބަރުންގެ މެދުގައި ކުރިޔަށް ގެންދާ ބަހުސްގެ ތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން ދޭ 10 މިނެޓާއި އެކު ޖުމްލަ 30 މިނެޓެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމޭނީ، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާއި އެކު އެވެ. އެއީ މަދުވެގެން 43 ވޯޓެވެ.

ޗާގޮސްގެ މައްސަލައިގައި ހަރަކާތްތެރިވާ ޕާލިމަންޓް ކޯލިޝަނުގައި އެ އަދަދަށް މެމްބަރުން ހަމަނުވާނެކަމާއި ދެން އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ބައެއް މައްސަލަތައް ކާމިޔާބު ނުވެ ވެސް ހިނގައިދާނެ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވުމުން އެއީ މީގެ އެންމެ ބޮޑު އެއްބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގައި ތިއްބެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ “ފިކުރެއްގެ ދިރުން” ގެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރުންގެވެސް ތާއީދާއިއެކުއެވެ.

މި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިޔަށް ދިޔަ މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް ގެއްލުންވާގޮތަށްކަމަށް ބުނެ ކުރަމުން ދާ މަސައްކަތުގެ ތެރެއިންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖެއިން މި މައްސަލައިގައި ވަކާލާތުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ގާނޫނާއި ހިލާފަށެވެ.

ރާއްޖޭގެ އިމުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ، މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރެއްވި ބޭފުޅުން ޜާއްޖޭގެ މަސްލަހަތަށްވުރެ ބޮޑަށް، މޮރިޝަސްގެ މަސްލަހަތު އިސްކުރުމުންކަމަށްވެސް އިދިކޮޅުން ބުނެއެވެ

އެމްޑީޕީގެ ފަރާތުން އެޓަރނީ ޖެނެރަލް ރިފްއަތު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެ ދެބޭފުޅުންނާއި ދެކޮޅަށް ވޯޓް ނުދިނުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: