ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ހަމައެކަނި ސިޓީކައުންސިލް ވަނީ ދަ ޑިމޮކްރެޓްސް އާއި ގުޅިފައި: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފަހުން ލޯކަލް ކައުންސިލްގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ހަމައެކަނި ސިޓީ ކައުންސިލް، އިއްޔެ ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން ވަނީ ރަސްމީކޮށް ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެފައި ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ރިސޯޓްތަކުގެ މަގާމްތަކުގައި ދިވެހިން ތިބުމާއި ބެހޭ އިސްލާހަށް ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ފަތުރުވެރިކަމަށް 50 އަހަރުވެގެންދާއިރު ބޮޑުތިލަދުންމަތީގައި އަދި އެއްވެސް ރަށަކަށް ފަތުރުވެރިކަމުގެ ފައިދާ ލިބިގެން ނުދާ ކަމަށެވެ.

ހދ ގައި ދޫކުރެވިފައި ހުރި ރަށްތައް އެހުރީ، ހދ ގައި އެހުރީ ށ ގައި އެހުރީ.

ޔާސިރު ވިދާޅުވީ ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަކާއި ބޮޑުތިލަދުންމަތީގެ އެތަކެއް ރައްޔިތުންގެ ހައްގުތަކެއް ވަނީ ހިފެއްޓިފައި ކަމަށެވެ. އެގޮތުން ޔާސިރު ވިދާޅުވީ އާއިލާއާއި ކައިރީގައި މަސައްކަތް ކުރުމުގެ ހައްގު ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ދުނިޔެ އާއި ގުޅިގެން އަމިއްލަ އަށް ވިޔަފާރިކުރުމުގެ ހައްގު ހިފެހެއްޓިފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެދުވަހެއްގައި ކުރަންޖެހޭ ހަރަދާއި އެއްވަރުގެ އާމްދަނީ އެއް ހޯދުމުގެ ހައްގު މިވަނީ ހިފެހެއްޓިފައި. ގުދުރަތީ ރީތިކަމުގެ ފައިދާ ހޯދުމުގެ ހައްގު މިވަނީ ހިފެހެއްޓިފައި.

ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ހައްގާއި ކުރިއެރުމާއި ފާގަތިކަން ކުރިއަރައި ގޮސްފައިނުވަނީ އިއްތިފާގުން ނޫންކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބަކީ ސަރުކާރުތަކަށް އެކަން ނުވުމުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންވެ، މުޅި ބޮޑުތިލަދުންމަތީގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރަންޖެހޭ ކުޅުދުއްފުށީގެ ރައްޔިތުންގެ ވިސްނުން ހިފެހެއްޓިފައި އޮތީ އިއްތިފާގަކުން ނޫން ކަމަށް އަޅުގަނޑު ގަބޫލެއްނުކުރަން

ޔާސިރު ވިދާޅުވީ އުސޫލުތަކާއި ހަމަތަކުގައި ތިބެ ކޮންމެ ގޮތަކަށް ދީލާލަން ބޭނުންނުވާ ރައްޔިތުންތަކެއް މިއަދު ވަނީ ދަ ޑިމޮކްރެޓުންގެ ނަމުގައި ޕާޓީއެއް އުފައްދާފައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް އެތައް ޒުވާނުންނެއް ދަނީ އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ވަޒީފާއެއް ނުދެވޭ، ލޯނެއް ނުދެވޭ، އެހެން އެއްވެސް އެއްޗެއް ނުދެވޭ. ހިތާރޫހުން އެދަނީ އެމަސައްކަތް ކުރަމުން

ޔާސިރު ވިދާޅުވީ ބޮޑުތިލަދުންމަތީގައި މަގާމްތަކުގައި އައްޔަންކޮށްފައި ތިބި އެތަކެއް ބޭފުޅުން ދަނީ މަގާމާއި ޕާޓީތައް ދޫކޮށް ދަ ޑިމޮކްރެޓްސް އާއި ގުޅެމުން ކަމަށެވެ.

 

 

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: