ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން ބިޒީވެގެން އުޅެނީ ދެވަނަ ދައުރެއް ހޯދުމުގެ މަސައްކަތުގައި: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ވަޒީރުންނާއި ދައުލަތް ބިޒީވެގެން އުޅެނީ ދެވަނަ ދައުރެއް ހޯދުމަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަމުން އަލީ ހުސައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފޮނުވުމުން އެ ކިޔައި ބަލާނެ މީހަކު ސަރުކާރުގައި ނެތް ކަމަށެވެ.

ސަރުކާރުން މާ ބިޒީ. ބިޒީވެގެން މިއުޅެނީ މުޅިން އެހެން ކަމެއްގައި. ދެވަނަ ދައުރެއް، ސަރުކާރުގައި ތިއްބެވި އެކި ބޭބޭފުޅުން، އެބޭބޭފުޅުންނަށް ދެވަނަ ދައުރެއް ހޯދުމުގައި ކުރައްވާ މަސައްކަތްތަކުގައި ބިޒީވެގެން އުޅުއްވަނީ

އަލީ ހުސައިން ވިދާޅުވީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމްތަކުގައި ދިވެހިން ތިބުމާއި ބެހޭ އިސްލާހަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލެއްގެ ގޮތުގައި ހޮވެނީ ދިވެހިރާއްޖެ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުވެސް ފަތުރުވެރިކަމުގެ އެންމެ ފުރިހަމަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އެންމެ ހިތްގައިމު މަންޒިލެއްގެ ގޮތުގައި ހިމެނިގެން ގޮސްފައިވާ ކަމަށެވެ.

އެހެންނަމަވެސް މިފަދަ މަންޒިލެއްގައި މިދާއިރާއަށް މީހުން ތަމްރީނު ކުރެވޭނެ ރަނގަޅު އިންސްޓިޓިއުޝަނެއް ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް.

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ވެގެންގޮސް ޓޫރިޒަމްގެ ދާއިރާގައި ދުނިޔޭގެ އެހެން ގައުމުތަކަށް ނިސްބަތުން ނުހޯދޭ ބޮޑެތި ކާމިޔާބީތައް ހޯދަމުންދާއިރު، ދުނިޔޭގައި ގުނާލެވޭފަދަ އިންސްޓްޓިއުޝަނެއް ނުވަތަ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީން ދޭނެ މަރުކަޒެއް އުފެދިފައިނެތުމަކީ އަދި އުފައްދަން މަސައްކަތް ކުރެވިފައިނެތުމަކީ ފުންކޮށް ވިސްނާލަންޖެހޭ ކަމެއްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

18 އަހަރާއި 35 އަހަރާއި ދެމެދުގެ ވަޒީފާ އަދާ ނުކުރާ 29 އިންސައްތަ ޒުވާނުން ރާއްޖޭގައި ތިބިކަމަށާއި އެކަމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އަލީ ހުސައިން ސިފަކުރެއްވިއެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ މާލީ އިދާރާތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދިވެހިރާއްޖެއިން އެއް ބިލިއަން ޑޮލަރު ބޭރުވާ ކަމަށެވެ.

ބޭރުމީހުން، އެމީހުން މިތާ މަސައްކަތްކޮށްފައި އެމީހުންގެ ރާއްޖެ ނުވަތަ އެމީހުންގެ ގައުމުތަކަށް ފޮނުވާ ފައިސާގެ ގޮތުގައި އެބަ ބޭރުވޭ

އަލީ ހުސައިން ވިދާޅުވީ ޒުވާނުން މަސައްކަތް ނުކޮށް އަދިި ވަޒީފާއަށް ނުގޮސް ތިބީތޯ ނުވަތަ އެކަމަށް ބަޔަކު މަސައްކަތް ނުކުރަނީތޯ ބަލަންޖެހޭ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ވަޒީފާގައި ޒުވާނުން ނޫޅޭތީ އެކަމަށް އެކަށީގެންވާ އިސްކަމެއް އެއްވެސް ސަރުކާރަކަށް ދެވިފައިވާ ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: