ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނާސިރު ފިޔަވައި އެއްވެސް ވެރިއަކު ރާއްޖޭގެ އިޤްތިޞާދަށް ކަމެއް ކޮށްދީފައެއް ނުވޭ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް ނާސިރު މި ގައުމުގައި އަޅުއްވައިދެއްވި އިޤްތިޞާދީ ބިންގާގެ އިތުރުން މިގައުމުގައި މި ފާއިތުވެދިޔަ އެއްވެސް ވެރިކަމެއްގައި އެއްވެސް ރައީސަކު އިޤްތިޞާދު ހަރުދަނާކުރުމަށް އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.

2024 ވަނަ އަހަރަށް އަންދާޒާކޮށް ކުރީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރައީސް ނާސިރު ފިަޔަވައި ދެން މިހާތަނަށް ތަފާތުކަމަށްކަށްވެސް އިޤްތިޞާދު ހަރުދަނާ ކުރުމަށް ގައުމަށް އައި ބަދަލަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރަށްތަކުގައި ފުޅާ ދާއިރާއެއްގައި ޓުއަރިޒަމްގެ ވިޔަފާރި ތަރައްޤީކޮށްދެއްވުން އެކަނިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ވެރިކަމެއްގައި ރާއްޖޭގެ އިޤްތިޞާދު ތަނަސްވަސްކުރުމަށް އެއްވެސް ވެރިއަކު މައްސަކަތެއް ކުރައްވާފައި ނުވާކަމަށް ވިދާޅުވިއެވެ.

މިކަންތައްތަކުގެ ނަތީޖާއަކަށް ވަނީ 2023 ވަނަ އަހަރު ނިމެންދާއިރު ރާއްޖޭގެ ދައުލަތުގެ ބަޖެޓް ގާތްގަނޑަކަށް 120 ބިލިއަން އެރުންކަމުގައި ވިދާޅުވިއެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމުން އިރު މާ ބޮޑު ދަރަންޏެއް ނެތްކަމަށާއި، ނަމަވެސް އޭގެ 50 އަހަރު ފަހުން ބަލާލާއިރުގައި ދައުލަތުގެ ދަރަނި މިއޮތީ 120 ބިލިއަނަށް އަރާފައިކަމަށް ވިދާޅުވިއެވެ.

އަލަށް އުފެދުނު ސަރުކާރުވެސް ވެރިކަމަށް އައިސްފައިވަނީ ދައުލަތުގެ ދަރަނި ކުޑަކުރާނެކަަމަށް ވައުދުވެގެންކަމަށާއި އެހެން ނަމަވެސް ދިވެހީންގެ މިނިވަން ދިވެހީންގެ ރާއްޖޭގައި ކުރަން ޖެހޭ ކަންކަން މި ބަޖެޓުގައި ހިމަނަންޖެހޭ އިރު، މި ބަޖެޓުގައި ރާއްޖެ މިނިވަން ކުރުމަށްޓަކައި ކުރަންޖެހޭނެ މަސައްކަތްތައް ފެންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

އަދިވެސް ބަޖެޓް މި ކުރަނީ ލިބޭނެ އެއްޗަކަށްވުރެން ރިކަރެންޓް ޚަރަދަށްކަމަށް ވިދާޅުވިއެވެ. މިގޮތައް މި ބެޖެޓް އޮވެގެން ދިވެހިން މި ބޭނުންވާ މިިނިވަން ދިވެހީންގެ ރާއްޖެ ހޯދަން ދަތިވާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެހެންކަމަށްވާއިރު މި ބަޖެޓުގައި ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށްޓަކައި މާ މޮޅު ކަންތައްތަކެއްގެ ވާހަކަ ހިމަނާފައި ނުވާކަމަަށް ވިދާޅުވިއެވެ.

ރައީސް ނާސިރު ރާއްޖޭގެ ވަން އައިލެންޑް ޓުއަރިޒަމް ފެއްޓެވީ ދުނިޔޭގެ އިޤްތިޞާދީ މާހިރުން ރާއްޖޭގައި ފަތުރުވެރިކަން ކުރި ނޭރުވޭނެކަމަށް ބުނަމުން ދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ މިވަގުތުވެސް އަޅުގަނޑުމެން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މިފަދަ މޮޅު އަދި ވާދަވެރި ކަމެއް ކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

49.2 ބިލިއަން ގެ ބަޖެޓެއް ފާސްކުރާއިރު، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ރަގަޅު ބިންގަލެއް އަޅަން ޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ނިމިގެންދިޔައިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ޙިދުމަތްތަކުގެ މަސައްކަތްތައް ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްވެސް މިހާރު މިވަނީ އިޤްތިޞާދީ ނަފާ ހޯދުމަށް ފުރިހަަމައަށް ތައްޔާރުވަމުންކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ގާތްގަނޑަކަށް 50 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރެވިދާނެކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ އެހެން ނަމަވެސް 2024 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ ބަޖެޓުގައިވެސް އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި އެއްވެސް ކަމެއް ހިމަނާފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ގައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މަސްވެރިކަމާއި ފަތުރުވެރިމުގެ އިތުރަށް ދަނޑުވެރިކަން ފުޅާ ކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ރާއްޖެ މިނިވަން ކުރުމަށް އިންޑިއާ ސިފައިން ބޭލުމަށްވުރެން މިނިވަން ދައުލަތެއްގައި ދިރިއުޅޭ ރައްޔިތުންނަށް ކައިގެން ބޮއެގެން އުޅޭ ފެންވަރަށް ގައުމުގެ ހާލަތު ރަނގަޅުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ރާއްޖޭގައި ކާބޯތަކެތި އުފައްދަން ފެށުމަކީ އެންމެ މުހިއްމު ކަން ކަމުގައި ފާހަގަކުރެއްވިއެވެ.

އާސަންދައަށް ކުރަންޖެހޭ ހޭދަ ކުޑަކުރަން އެބަޖެހޭ. ކާބޯތަކެތީގެ ސަބަބުން ބަލި ޖެހުމުގެ ފުރުޞަތު ބޮޑު. އެހެން ނަމަވެސް މިކަންކަން ހައްލު ކުރެވޭނީ ވެސް 100 އިންސައްތަ އޯގެނިކް ކެމިކަލް ފްރީ ކާނާ ބޭނުން ކުރެވިގެންކަމުގައި ވިދާޅުވިއެވެ. ކެއުމުގެ ވައްޓަފާޅި ބަދަލް ކޮށްގެން މެނުވީ އާސަންދައިގެ ޚަރަދު ކުޑަ ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
97%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: