ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ނުތަނަވަސްވަނީ އެކަށީގެންވާ ގޮތަކަށް ކަންކަން ހަމަޖެހިފައި ނެތުމުން: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ނުތަނަވަސްކަމެއްގެ ތެރޭގައި ޒުވާނުންނަށް އުޅެންޖެހިފައިވަނީ އެކަށީގެންވާ ގޮތަށް ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި ނެތުމުންކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާޙިމްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ޒުވާނުންނަށް “އިމޯޝަނަލް އިންސްޓެބިލިޓީ” އާއި ކުރިމަތިލާންޖެހިފައިވަނީ ބޭނުންވާ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތިން އިންތިޒާމު ކުރެވިފައިނުވާތީކަމަށެވެ. އޭނާ ވިދާޅުވީ، އެ ބޭނުމަކީ ތައުލީމު ހާސިލުކުރުންކަމަށްވީނަމަވެސް އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ނަމަވެސް ނުތަނަވަސްކަމާއި ކުރިމަތިލާންޖެހިފައިވަނީ ޒުވާނުން ބޭނުންވާ ކަންކަން އެ މީހުން ބޭނުންވާ ގޮތަށް ކުރެވޭނެ އިންތިޒާމެއް ނުވަތަ އުސޫލެއްގެ ތެރެއިން ނަމަވެސް ކަންކަން މުޖުތަމައާއި ގައުމުގެ ތެރޭގައި ހަމަޖެހިފައި ނެތުމުންކަމަށެވެ.

ޖޭޕީގެ ވެރިކަމެއްގައި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް އަލީ ހުސައިން ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޒުވާނުންގެ ކިއެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރެސިޑެންޝަލް ކެމްޕަސްތައް ހުންނަ އުނިވާސިޓީތައް ބިނާކުރައްވާނެކަމަށް ގާސިމް ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ތޮއްޖެހިފައިވާ މާލޭގައި އުޅޭ އުޅުން ނިމުމަކަށް އަންނާނެކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އޮންނަނީ ދަނާލަށް ސަލާން ޖަހާ އުސޫލުކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ ކުއްޖާއަށް އެކަނި ދަނާލުގައި ހުރެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް އަންނާނެކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، މާލޭގައި އެމްއެންޔޫ ގައި ކިޔަވަމުންދާ ކުދިންގެ 98 އިންސައްތައާއި ގާތް ކުރާ އަދަދެއްގެ ކުދިންނަކީ މާލެ ނޫން ރަށްތަކަށް ނިސްބަތްވާ ކުދިންކަމަށެވެ. އެހެންކަމުން މާލެއަށް އަންނަމުންދާ އުސޫލުން ލ އަތޮޅު ފަދަ ސަރަހައްދެއްގައި ހުންނަ ކެމްޕަސްއެއްގައި ތައުލީމު ހާސިލުކުރުން މާ ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެތަނުގައި ތައުލީމު ހާސިލުކުރުމަށް ފަހި މާހައުލެއް އޮތްކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ގާސިމް ޖަވާބެއް ދެއްވާފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ޖަވާބަކީ ހާސަކަނޑާލާ ހަމަޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެއާއިއެކު ގަބޫލުކުރަންޖެހޭ ހަގީގަތްތަކެއް ވާކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، ކޮންމެ މީހަކަށްވެސް އެމީހަކަށް އެކަށީގެންވާ ވަޒީފާއެއް ލިބޭނެކަމަށް ޖޭޕީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ބަޔަންކޮށްފައިވަނީ ޒުވާނާއަށް ކުރެވޭނެ ކަމަކީ 8 އިން 4 އަކަށް ވަޒީފާއަށް ދިއުންކަން އިހުސާސްކުރެވޭތީކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، ދައްކަމުންދަނީ މަސައްކަތްތައް ކުރުމުން ފޯނު ގަންނާށާއި ކޮފީ ބޯންށާއި ކުލިދެއްކުމަށް އަދި ހޮލިޑޭ ހަދާލުމަށްވެސް ފައިސާ ލިބެންޖެހޭނެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ މީހަކަށްވެސް އެމީހަކަށް އެކަށީގެންވާ ވަޒީފާއެއް ލިބޭނެކަމަށް ބުނަމުންދަނީ އަސާސްގެ މައްޗަށް ބިނާކޮށްކަމަށެވެ.

އޭނާ ވިދާޅުވީ، ގާސިމްވަނީ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ގެނެސްދެއްވާނެކަން މާކުރިން ހާމަކުރައްވާފައިކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއް ގާއިމު ކުރެވިއްޖެ ހާލަތެއްގައި ޒުވާނުން ގަނަތެޅެން ނުޖެހޭނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޒުވާނުންގެ ހާސްކަން ފިލުވައިދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: