ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަކަށް ބޭހުގެ ފެންވަރުވެސް ޔަގީނެއް ނުކުރެވޭނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟
ބޭހުގެ އަގު ކޮންޓްރޯލު ނުކުރެވުނު ސަރުކާރަކަށް ބޭހުގެ ފެންވަރުވެސް ޔަގީން ނުކުރެވޭނެކަމަށާއި، ސަރުކާރު އޮތީ ސިއްޙީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެވެސް ދަށުވެފައިކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޢަލީ މިހެން ވިދާޅުވީ ރާއްޖޭގެ ސިއްޚީ ނިޒާމާއި މެދު ލިޔެފައިވާ ލިޔުމެއް ޓުވިޓަރ ގައި ޙިއްސާ ކުރައްވަމުން ކުރައްވާފައިވާ ޓްވީޓެއްގައެވެ. ޢަލީ ވިދާޅުވީ ބޭހުގެ  އަގު ކޮންޓްރޯލު  ނުކުރެވުނު  ސަރުކާރަކަށް  ބޭހުގެ  ފެންވަރުވެސް  ޔަގީނެއް  ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރު އޮތީ ސިއްޙީ ދާއިރާގެ  ވިޔަފާރި ކުރާ މީހުންގެވެސް ދަށުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދައިން ޢަލީ ހުސެއިން ވިދާޅުވެފައި ވާއިރު ރާއްޖޭގެ ސިއްޚީ ނިޒާމު ވަނީ ބޮއްސުން ލައިފައި ކަމަށް އިދިކޮޅު ފަރާތްތަކުން  އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން އާސަންދަ ބަޖެޓް ހުސްވެ އިތުރަށް ޚަރަދު ކުރަން ޖެހިފައިވާ ކަމަށްވެސް ބުނަމުންދެއެވެ.

ބަލިމީހުންނަށް ބޭނުންވާ ގިނަ ބޭސް އާސަދައިން ނުލިބުމާ، ގިނަ ބޭސްތައް ރާއްޖެއިން ނުލިބޭ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެކެވެ.

ދާދިފަހަކުންވެސް ތެލެސީމިޔާ ކުދިން އަބަދުހެން ބޭނުންކުރަންޖެހޭ ބޭހެއް މާލެއިން ނުލިބިގެން ގިނަ ބަޔަކުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: