ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3500 މީޙުންގެ ސޮޔާއިއެކު ”ދަ ޑިމޮކްރެޓްސް“ ރަޖިސްޓްރީ ކުރުމަށް ހުށަހަލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

3560 މެމްބަރުންގެ ސޮއި ހަމަކޮށް ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

އެމްޑީޕީއިން ވަކިވުމަށްފަހު، އިސް ސަފުގައި ހިމެނޭ ގިނަ އަދަދެއްގެ މެމްބަރުން ވެގެން އަލަށް ވުޖޫދަށް ގެނެސްފައިވާ ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތްތައް އެ ޕާޓީގެ އިސް ފަރާތްތަކުންވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނާއި މެމްބަރުންގެ ފޯމުތައް ހަވާލުކުރުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެ ޕާޓީއިންވަނީ ރެޖިސްޓްރޭޝަން މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އިލެކްޝަންސްގައި ދަންނަވާފައިކަމަށެވެ. އޭނާ ވިދާޅުވީ، ހުށައެޅުއްވީ 3560 ފޯމުކަމަށެވެ. ހަސަން ވިދާޅުވީ ޕާޓީ އުފެއްދުމުގެ ގޮތުން އަމާޒުކުރެއްވީ މިވަގުތަށް 3500 ހަމަކުރެއްވުމަށްކަމަށެވެ. އެހެންނަމަވެސް މިއަދު އިތުރު 60 ފޯމެއް ލިބިވަޑައިގެންނެވުމުން ހުށައެޅުއްވީ އެ ފޯމުތަކާއިވެސް އެކުގައިކަމަށެވެ.

އޭނާ ވިދާޅުވީ، ފޯމު ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ލިބިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައިކަމަށެވެ. އޭނާ ވިދާޅުވީ، ހަފްތާއެއް ހާ ދުވަހުން ފޯމުތައް ހަމަކޮށްފައިވަނީ ރަށްތަކަށް މާ ވަރެއްގެ ދަތުރުތަކެއްވެސް ނުކުރައްވާނަމަވެސް، ރަށްތަކުގައި ތިއްބެވި ސަޕޯޓަރުންގެ އެއްބާރުލުން ހޯއްދެވުމަށްވެސް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ފޯމުތައް ފުރާފައިވަނީ ފޮޓޯއާއި ފިންގާ ޕްރިންޓާއިވެސް އެކުގައިކަަމަށެވެ. ހަސަން ވިދާޅުވީ، ޑިމޮކްރެޓްސްއިންވަނީ އަމިއްލަ ވެރިފިކޭޝަން ޕްރޮސެސްއެއްވެސް ކުރިއަށް ގެންގޮސްފައިކަމަށެވެ. ހަސަން ވިދާޅުވީ، މެމްބަރޝިޕް ޑްރައިވެއް ކުރިއަށް ނުގެންދާކަމަށެވެ. އަދި ފޯމު ފުރާފައިވަނީ ޕާޓީ ވުޖޫދަށް ގެނައުމަށްކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

ނޫސްވެރިންވަނީ 10،000 މެމްބަރުން ހަމަކުރެވޭނެ ދުވަހަކާއިމެދު ސުވާލު ކޮށްފައެވެ. ޖަވާބުދެއްވައި ހަސަން ވިދާޅުވީ، އެހާ ހިސާބަށް ވާސިލުވެވޭނީ ޕާޓީއަށް ހުއްދަތައް ލިބުމުންކަމަށެވެ. އަދި އެ ހިސާބުން ރިޔާސީ އިންތިހާބުގެ މަސައްކަތްތައްވެސް ފައްޓަވާނެކަމަށާއި ދަތުރުތައްވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ހަމަ ކުރެވޭނެކަމަށް ގަބޫލުކުރެއްވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: