ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ އިއްތިހާދުގައި އެއްވެސް ހަމަނުޖެހުމެއް ނެތް، ޖަލްސާގެ ސަބަބުން ހަމަނުޖެހުމެއް ނުއުފެދޭނެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ އިއްތިހާދުގައި އެއްވެސް ހަމަނުޖެހުމެއް ނެތް ކަމަށާއި ޖަލްސާގެ ސަބަބުން ހަމަނުޖެހުމެއް ނުއުފެދޭނެކަމަށް މި އިއްތިހާދުގައި ހަރަކާތްތެރިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އެކުލަވާލި އިއްތިހާދުގައި ވާދަވެރި ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުން ހަރަކާތްތެރިވެއެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީީ ޕާޓީ އަދި އެންއެމްޕީގެ އިތުރުން ކުރީގެ ދެ ބަންޑާރަ ނައިބުންކަމަށްވާ ޑރ މުހައްމަދު މުނައްވަރާއި، އާޒިމާ ޝުކޫރުވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ  އުމަރުވެސް ހިމެނިވަޑަގަންނަވައެވެ. މި އިއްތިހާދުގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އެބައޮތްތޯ “ސަންގު ޓީވީ” ގެ ޕްރޮގްރާމެއްގައި ސުވާލުކުރުމުން އުމަރު ވިދާޅުވީ މި އިއްތިހާދުގައި ހިޔާލު ތަފާތުވުމެއް ނެތްކަމަށާއި، ސަބަބަކީ ވީ ކީއްކަން އެންމެންނަށް ވަރަށް ސާފުވުންކަމަށް އުމަރު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގައި ބާއްވާ ޖަލްސާގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެކަމަށެވެ. އަދި ފުހުންނާއިވެސް ވާހަކަދައްކާވަފައިވާނެކަމަށާއި، އެމީހުންގެ ސެކިއުރިޓީއަށް ދޭންޖެހޭ އެއްބާރުލުންވެސް ދޭނެކަމަށް އުމަރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މި އެއްވުމުގައި އެ ޕާޓީގެ މެންބަރުން ބައިވެރިވެވަޑައިނުގަތުމަށް އެދިލައްވާފައެވެ. އަދި އެއީ އެހެން ނަތީޖާއެއް ނިކުމެދާނެތީކަމަށާއި، ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަކީ ޖުމްހޫރީ ޕާޓީގެ އެންމެ މުހިންމު މަގުސަދުކަމަށް ވިދާޅުވިއެވެ. އަދި ހަދުމަކޮށްދެއްވީ މޭޑޭ ގެ މުޒާހަރާއެވެ. މިކަމާއި ގުޅިގެން ސުވާލުކުރުމުން އުމަރު ވިދާޅުވީ މި ޖަލްސާގައި ބައިވެރިވާން ބޭނުންނުވާނަމަ އެއީ އެ ޕާޓީއެއްގެ އަމިއްލަކަމެއްކަމަށާއި، އަދި ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އިހުތިރާމު ކުރާނެކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ އޮއެވަރު ހުރީ ރާއްޖޭގެ ކަނޑު އަނބުރާ ހޯދުމަށްކަމަށާއި، ރާއްޖެއަށް ޗާގޯސްގެ މައްސަލައިގައި މޮޅެއް ނުލިބޭކަމަށް ފާހަގަކޮށް އުމަރު ވިދާޅުވީ މޮރިޝަސްއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރު ލިބިއްޖެކަމަށެވެ.

އެހެންކަމުން “ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” މި ޖަލްސާގެ ބޭނުމަކީ ކަނޑުގެ ސަރަހައްދު ހޯދުމަށް އިދިކޮޅު އިއްތިހާދަށް ކުރެވޭނީ ކޮންކަމެއްކަން ރައްޔިތުންނަށް ބުނެދިނުންކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެކަން ދެން އަންނަ ސަރުކާރަކުން ކުރާނެ ގޮތް އޮޅުންފިލުވައިދިނުމާއި، އެކަމަށް މަސައްކަތްކުރާނެކަމުގެ އުއްމީދު ރައްޔިތުންނަށް ދިނުމަކީ މި ޖަލްސާގެ ބޭނުންކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: