ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިންގެ ބައިވެރިންނާއި ވޯޓުދިން ފަރާތްތަކަށް އުމަރުގެ ޝުކުރު!

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި އުމަރު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ކެމްޕެއިންގައި ބައިވެރިވެދެއްވި އެންމެހާ ފަރާތްތަކަށް މިނިވަން ކެންޑިޑޭޓު އުމަރު ނަސީރު ޝުކުރު އަދާކުރައްވައިފިއެވެ.

ހޯމް މިނިސްޓަރެއްގެ މަގާމު އަދާކުރައްވާފައިވާ އުމަރު ނަސީރު 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. އުމަރު ވިއްކެމި މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ރާއްޖޭގައި ބޮޑުވަމުންދާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލުތަކެއް ގެނެސްދެއްވުމުގެ ސިޔާސަތާއި ހަރުދަނާ ޒުވާނުް ޖީލެއް ބިނާކުރެއްވުމުގެ ސިޔާސަތުތަކުގެ އިތުރުން ދިވެހިރާއްޖޭގައި އިސްލާމީ ޝަޜިއާ އާއި އެއްގޮތުގެ މަތިން ޝަރުއީ ނިޒާމުގެ ތެރެއިން އަމަލުކުރުމުގެ ސިޔާސަތުތައްވެސް ހިމެނެއެވެ.

އުމަރު އަމިއްލަ ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިންތިހާބީ ކެމްޕެއިން މަސައްކަތްތަކުގައި ބައިވެރިވެދެއްވި ހުރިހާ ބޭފުޅުންނާއި ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.

އުމަރު ނަސީރުގެ ކެމްޕެއިންގެ ބައިވެރިންނާއި ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއިރު، އޭނާ އަށް މި އިންތިހާބުގައި ލިބިވަޑައިގެންނެވީ 6000 އާއި ގާތް ކުރާ އަދަދެއްގެ ވޯޓުކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: