ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރަށް މަރުގެ އިންޒާރު ދީފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓު އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފިއެވެ.

އުމަރަށް މަރުގެ އިންޒާރު ދީފައިވާކަން އޭނާ ހާމަކުރެއްވީ ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އުމަރު ވިދާޅުވީ ތަފާތު މަރުގެ އިންޒާރު ލިބެމުން ދާތީ އެކަން ވާނީ އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިކަމަށެވެ.

އުމަރު ހިއްސާކޮށްފައިވާ ސްކްރީން ޝޮޓްތަކުން ފެންނަނީ ޓިކްޓޮކް ޕޯސްޓެއްގައި އޭނާ މަރާލާނެކަމަށް މީހަކު ބުނެފައިވާ ކޮމެންޓެކެވެ. އަދި އިތުރު ކޮމެންޓެއްގައި އުމަރަށް އަމާޒުކޮށް ސުވާލުކޮށްފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ހޯދުމަށް ކިތައް ކިލޯ މަސްތުވާތަކެތި ބެހިންތޯއެވެ.

އުމަރު މާލޭގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި މީހަކު ވަނީ އޭނާއަށް އަމާޒުކޮށް ދަގަނޑަކުން ހަމަލާދީފައެވެ. މިކަމާއި ގުޅިގެން އުމަރު ވިދާޅުވީ އޭނާއަށް ހަމަލާދީފައިވަނީ މަސްތުވާތަކެތި ވިއްކާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއްކަމަށެވެ. ނަމަވެސް އެ ހާދިސާގައި އުމަރަށް އެއްވެސް ހަމަލާއެއް ދީފައިނުވާކަން ފާހަގަކުރެވެއެވެ.

ވެރިކަމަށް ވާދަކުރާއިރު އުމަރުގެ އެންމެ ބޮޑު ވައުދަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުކޮށް، މަސްތުވާތަކެތި ނައްތާލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: