ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރުގެ އަމާޒު މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމަށް؛ ބޭނުން ވަނީ އިދިކޮޅުގައި ހުންނަން

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކޮންމެ ދާއިރާއަކުން ކެންޑިޑޭޓަކު ނެރެ، އެއްވެސް ޕާޓީ އަކާއި ގުޅިގެން ކުރިއަށްދިއުމުގެ ނުދިއުމަށް ނިންމާފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި އަމިއްލަ ގޮތުން ވާދަ ކުރައްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސިޔާސީ ދާއިރާގައި އުޅުއްވާތާ ގިނަ އަހަރުތަކެއް ވީ، އުމަރު ނަސީރަކީ ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެވެ. ދެވަނަ ބުރުގައި އިދިކޮޅަށް ތާއީދު ކުރައްވާނެކަމަށް ބެލެވުނު ނަމަވެސް، އެފަދަ އެއްވެސް ވިސްނުމެއް ނެތްކަމަށް އުމަރު ވަނީ ރޭ ހާމަކުރައްވާފަ އެވެ.

މިވަގުތު ބޭނުން ވަނީ އިދިކޮޅު މެމްބަރެއްގެ ގޮތުގައި ހުރުމަށްކަމަށާއި، އަމާޒު ހުރީ އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ދާއިރާއަކަށް ވެސް ކެންޑިޑޭޓުން ނެރުންކަމަށް އުމަރު ވިދާޅުވި އެވެ.

އާންމުގެ ތެރެއިން އޭނާއަށް ވޯޓު ދިން ކޮންމެ ރައްޔިތެއް އެއީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ނުވަތަ ތާއީދު ކުރާ މެމްބަރުން ނޫންކަމަށް ވާތީ އޭގެއިން ހާމަވަނީ އުމަރު ވިދާޅުވި ގޮތުގައި އެ ރައްޔިތުން އަމިއްލަ ފިކުރާއި ވިސްނުން އާންމު ކުރާކެމެވެ. އެހެންކަމުން އޭނާއާއި، ޓީމަށް އެންމެ ރަނގަޅު ގޮތަކީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރައި އޮޕޮޒިޝަންގެ ބައެއްގެ ގޮތުގައި ތިބުންކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ވާދަ ކުރައްވާނީ އަޅުގަނޑުމެންގެ މި ސްލޯގަންްގަ. އަޅުގަނޑުމެން ވަކާލާތު ކުރާ ކަންކަމުގައި ހިފާއިގެން

ސަރުކާރު ޒިންމާދާރު ކުރުވަމަށާއި، ސަރުކާރަށް ފާރަވެރިވާ ބައެއްގެ ގޮތުގައި ތިބުން ކަމަށެވެ. އަދި މީގެ އިތުރުން ދިވެހި ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި، މަސްތުވާތަކެއްޗާއި، ގޭންގުތައް ރޫޅާލުމުގައި އެއްވެސް ބަޔަކު އެއްވެސް ޕާޓީއަކުން ވަކާލާތު ކުރާ ކަމުގައިވާނަމަ އެކަމަށް އެއްބާރުލުންދޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު ރާއްޖެ އޮތް ހާލަތުން އޮޕޮޒިޝަންގައި ހުރުމަކީ ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަަށާއި، ސަރުކާރު ތެރެއަށްވަދެ ފަޅު ރަށްތަކާއި، ފަޅު ތަކާއި ޕްރޮޖެކްޓް ތައް ނެގުމަށްވުރެ، ސަރުކާރު ޒިންމާދާރު ކުރަން ހުރުންވެސް މާ ރަނގަޅު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: