ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ރައީސް ސާލިހު ގެއްލުވާލައިފި: އުމަރު

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި އުމަރު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެއްލުވާލައިފިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށައަޅާފައިވާ މައްސަލައިގައި، އިޓްލޮސް އިން ނިންމި ނިމުން ގަބޫލުކުރުމަށް ދެކޮޅު ހަދައި އިދިކޮޅު ފަރާތްތަކުން ވަނީ އިއްތިހާދެއްވެސް އެކުލަވާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިޖެކަމަށް ވިދާޅުވެ، އެ ސަރަހައްދު ހޯދުމަށް ކުރެވެން ހުރި ކަންކަން ރައްޔިތުންނާއި ހިއްސާކުރުމަށް އިިދިކޮޅު ފަރާތްތަކުން “ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިއްޖެކަމަށެވެ.

ދިވެހިންގެ އަތުން 45،000 އަކަ ކިލޯ މީޓަރު ގެއްލުނީ، އެއީ ހަސިޔަގީގަތަކީ އަޅުގަނޑުމެންނަކަށް ލިބުނު އެއްޗެއް ނެތް. އެ 45،000 ކިލޯމީޓަރު ލިބުނީ މޮރިޝަސްއަށް. އެކަމަށް ބާރު އެޅީ ތިން ވަނަ އެހެން ގައުމަކުން.

އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި މީގެ ކުރިން އޮތް ސަރަހައްދުން 45،000 އަކަ ކިލޯމީޓަރ މޮރިޝަސްއަށް އެހެން ތިން ވަނަ ގައުމަކުން ބާރު އަޅައިގެން ލިބިއްޖެކަމަށާއި، ރާއްޖޭގެ ސަރުކާރުން ހުރިހާ މަސްވެރިންގެ ހައްގުތައް ދޫކޮށްލުމަށްފަހު، މޮރިޝަސްއަށް ކަނޑު ހަވާލުކޮށްފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

ކޮންމެ ބަޔަކު ވެރިކަމުގައި އޮތް ނަމަވެސް މި މައްސަލަ ނިމިގެންދާނީ މިހެންކަމަށް ސަރުކާރުން ބުނާތީ، ރައްދުދެއްވާ އުމަރު ވިދާޅުވީ، ފުރަތަމަ ތަފާތަކީ ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު މި މައްސަލައިގައި ފުށުއަރާ ކަނޑުގެ ސަރަހައްދަކީ، އެއީ މޮރިޝަސްގެ ސަރަހައްދެއްކަމަށް ގަބޫލުކޮށްފައި ނެތުންކަމަށެވެ. ނަމަވެސް މި ސަރުކާރުން އިޓްލޮސްގައި މި މައްސަލަ ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ސިޓީއެއް ފޮނުވާ، އެ ކަނޑަކީ މޮރިޝަސްގެ ކަނޑެއްގެ ގޮތުގައި ނިންމާފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

ކޮންމެ ގޮތަކަށް އިޓްލޮސްއިން މައްސަލައިގައި ހުކުމްކުރި ނަމަވެސް، އެކަމާއި ދެކޮޅު ހަދާ، ހުކުމް ގަބޫލުނުކުރުމުގެ ހައްގު ރާއްޖެއަށް އޮތްކަމަށާއި، އަދި އިޓްލޮސްގެ އެތައް ނިންމުމެއް ސަރުކާރުތަކުން ގަބޫލުނުކޮށްގެން ބާއްވާފައި އެބައޮތްކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީހަކާއި އިންނަން ރަން ކިއިދާނެ، ރަން ގަބޫލުކުރީމަ ރަން ރަނަކަށް ވާނީ. އެހެން ނޫނީ ނުވާނެ ރަން ރަނަކަށް، އިޓްލޮސްގެ ނިންމުން ނިންމުމަކަށް ވާނީ ރާއްޖެއިން އެކަން ގަބޫލުކުރީމަ.

އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ގައުމުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލްކުރަނީ އެހެން ގައުމަކުންކަމަށެވެ. އެހެން ގައުމުތަކުގެ ސިފައިންވެސް ރާއްޖޭގައި އެބަތިބިކަމަށް އުމަރު ވިދާޅުވިއެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްނޫންކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ދައްކުވައިދޭކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.

މިއަދު ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުން، ރައީސް މައުމޫނު، ނަޝީދު، ވަހީދު، ޔާމީން ހުރިހާ ބޭފުޅުން ވަނީ މި ސިޔާސަތު ވަނީ ހިފަހައްޓަވާފަ. އަޅުގަނޑުމެން މި ދޫ ނުދީ ހިފަހައްޓާފަ ވަނީ. ކޮން ބިރިޔާނީއެއް ކައިގެންތޯ ދޫކޮށްލެއްވީ. އަޅުގަނޑުމެންނަށް އިނގޭ ބިރިޔާނީ ލެވިކަން.

އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ސާލިހު ވަނީ ރާއްޖޭގެ ހުރިހާ ވެރިން ނަގަހައްޓަމުން އައި ސިޔާސަތެއް އެހެން ގައުމެއްގެ ނުފޫޒުގައި ޖެހި ދޫކޮށްލައްވާފައިކަމަށެވެ. ޗާގޯސްއަކީ ހަގީގަތުގައި ދިވެހިންގެ ތަނެއްކަން މިހާރު ސާފުވެއްޖެކަމަށާއި، އެހެންކަމުން މިތަން ދޫކޮށްލައިގެން ނުވާނެކަން ދިވެހިންނަށް އެނގޭކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: