ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ނިޒާމު ގެއްލިފައިވާކަމަށް ބުނެ ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުގޮސް ޖަލްސާ ނިންމާލައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ބަހުސްކޮށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރިނަމަވެސް މެމްބަރުން އަޑުގަދަ ކުރާތީ ނިޒާމު ގެއްލިފައިވާކަމަށް ނިންމައި ޖަލްސާ ނިންމާލައިފި އެވެ.

ކަނޑުގެ ސަރަހައްދުގެ ފުށު އަރާ މައްސަލައިގައި ރިފްއަތު ވަކާލާތު ކުރެއްވީ ދިވެހި ގައުމަށް އެންމެ ފައިދާ ކުރުވަނި ގޮތަށް ނޫންކަމަށާއި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި މައްސަލަ ނިމިގެން ދިޔައީ ރާއްޖެއަށް ގެއްލުންވާ ގޮތަށްކަމަށް ބުނެ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ”ކަނޑު ވިއްކާލުމާއި ދެކޮޅު“ އިއްތިހާދުންނެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނުސްގޮސް މަޖިލީހުގެ ޖަލްސާ ނިންމާލިއިރު ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ. މެންދު ފަހުގެ ދަންފަޅި 1:00 ގައި ފެށުމާއިއެކު ސަރުކާރާއި ދެކޮޅު މެމްބަރުން ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. އަދި ވިދާޅުވަމުން ގެންދެވީ ހުށަހެޅި މައްސަލައަށް ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ޖަވާބް ދެއްވާފައި ނުވާ ކަމަށެވެ. އެހެން ކަމުން މެމްބަރުން ކުރެއްވި ސުވާލުތަކަށާއި މައްސަލަ ހުށަހެޅިއުރު ކުރެއްވި ސުވާލުތަކަށް ރިފްޢަތު ޖަވާބް ނުދެއްވަނީސް ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މެދު ހެބްވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވިއެވެ.

މެމްބަރުން އަޑުގަދަކޮށް ގނޑި ދޫކުރައްވައި ތަޅުމުގެ ތެރޭގައި އުޅުއްވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު އެޖެންޑާ ކުރި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ 09:00 ގައި ފަށައި ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް އެކަން އެގޮތަށް ގެންދެވޭ ގޮތެއް ނުވި އެވެ. އިދިކޮޅު މެމްބަރުންގެ ނިޒާމީ ނުކުތާތަކާއި އެކު، މައްސަލަ ހުށަހެޅޭ ގޮތް ނުވެ ރިފްއަތު ޖަވާބުދާރީވުމުގެ ބައި ފެށުނީ ބްރޭކަށް ފަހު 11:30 ގަ އެވެ.

ފުރަތަމަ ފަހަރަށް ތުހުމަތުތަކަށް ޖަވާބުދާރީވަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިފްއަތު ވިދާޅުވީ މިއަދަކީ އޭނާގެ ހަޔާތުގައި ތާރީހީ ދުވަހެއްކަމަށާއި، އޭގެ ސަބަބަކީ މިވޭތުވެ ދިޔަ 14 އަހަރު އެކި ގޮތްގޮތުން ކުރީގެ ރައީސުންނާއި، އަދި ސިޔާސީ އެކި ބޭފުޅުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހިލޭ ސާބަހަށްކަމަށް ވާތީ ކަމަށެވެ. އަދި މިއަދު ހާއްސަވާ އަނެއް ސަބަބަކީ ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ރާއްޖެއަށް ލިބުނު ކާމިޔާބީއަށް ފަހު އެ ވާހަކަ ތަފްސީލުކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ލިބޭތީ ކަމަށެވެ.

ރިފްއަތު ވިދާޅުވީ އިޓްލޮސްގައި ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، މޮރިޝަސްއިން އޭނާއަށް ދިން އެއްވެސް ހަދިޔާއެއް އަދި ލަގަބަކާއި މެޑައްޔެއް ވެސް ނެތް ކަމަށެވެ.

ރިފްއަތު ވިދާޅުވީ ޒަމާންވެފައިވާ މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ގޮތެއް ނިންމަން ކެރުނު އެއްވެސް ސަރުކާރެއް ނެތް ކަމަށެވެ. އަދި ނޭނގި ނަމަވެސް ވީ ގައުމަށް އިހުމާލުކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބުން ވެސް ކަނޑުގެ މައްސަލައިގައި އިހުމާލުވިކަމުގެ ތުހުމަތު ކުރައްވައި ރިފްއަތު ވިދާޅުވެފައި ވަނީ އެ ވާހަކަ ދައްކަން ޖެހެނީ ލަދުވެތިކަމާއި އެކު ކަމަށެވެ. އެކަމަކު ދެކުނުގެ ކަނޑުގެ މައްސަލައިގައި އޭނާ އިސްކުރީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުކަމަށަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: