ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތު ލީކުވީ ކޮމިޝަންގެ ތެރެއިންނެއް ނޫން: އިލެކްޝަންސް ކޮމިޝަން

އީސީގެ ރައީސް ފުވާދު ތައުފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދެވުމަށް މަސައްކަތްކުރަމުންދާ ޕާޓީގެ މެމްބަރުންގެ ލިސްޓެއް ލީކުވެފައިނީ އިލެކްޝަންސްގެ ތެރެއިންކަމަށް ބުނެ، ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

އެމްޑީޕީއިން ވަކިވެވަޑައިގެންނެވި ގިނަ އަދަދެއްގެ އިސް މެމްބަރުން ހިމެނިގެން އުފައްދުމަށް މަސައްކަތްކުރާ “ދަ ޑިމޮކްރެޓްސް” އިންވަނީ ޕާޓީ ރެޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ފޯމުގެ އިތުރަށް 560 ފޯމާއިއެކު، އިލެކްޝަންސްއަށް ހަވާލުކޮށްފައެވެ. ޑިމޮކްރެޓްސްއިން ހަވާލުކުރި ފޯމުތަކުގެ މައުލޫމާތުތައް ލީކުވެގެން އައުމާއިއެކު، އެ ފަރާތްތަކުންވަނީ އިލެކްޝަންސްއިން ސަރުކާރާއިއެކު މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކޮށް، އެ ކޮމިޝަނަށް ތުހުމަތުތަކެއް ކޮށްފައެވެ.

ޑިމޮކްރެޓްސްގެ ތުހުމަތުތައް ދޮގުކޮށް އިލެކްޝަންސްއިންވަނީ ބަޔާނެއް ނެރެފައެވެ. އެ ކޮމިޝަނުން ބުނެފައިވާގޮތުން، ފޯމުތަކުގެ މައުލޫމާތު ލީކުވެފައިވަނީ އެ ކޮމިޝަނުގެ ތެރެއިންނެއް ނޫނެވެ. އަދި އެފަދަ އެއްވެސް އަމަލެއްގައި ކޮމިޝަނާއި ކޮމިޝަނުގެ މުއައްޒިފަކުވެސް ބައިވެރިވެފައިނުވާކަމަށް ޔަގީންކަން ދެއްވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިލެކްޝަންސްއިންވަނީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ކަމަށް އިޝާރާތްކޮށް، ރައްޔިތުން ކޮމިޝަނަށް ކުރަމުންދާ އިތުބާރު ގެއްލިގެންގޮސްދާނެ ފަދަ އަމަލުތައް ނުހިންގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާޒްކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: