ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން މަސައްކަތްކުރަނީ ރާއްޖެއަކީ ކޮމިއުނިސްޓް ގައުމަކަށް ހަދަން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން މަސައްކަތްކުރަނީ ރާއްޖެއަކީ ކޮމިއުނިސްޓް ގައުމަކަށް ހަދަންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މި ގަރާރުގެ މަގްސަދަކީ ރާއްޖެ ކޮމިއުނިސްޓް ގައުމަކަށް ބަދަލުކުރުންކަމަށެވެ. ސަރުކާރުން ބޭނުންވާ އެއްޗިހި އެތެރެކޮށްގެން، ބޭނުންވާ ވަކި ބަޔަކަށް ވިއްކަނީ ކޮމިއުނިސްޓް ގައުމުތަކުގައިކަމަށާއި، ނަމަވެސް އެއީ ފެއިލްވެފައި އޮތް ނިޒާމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވަނީ އާދަމް ޝަރީފް ހުށައަޅުއްވާފައިވާ ބަހުސް ކުށްވެރިކުރައްވާފައެވެ.

މި ގަރާރުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދީ ގޮތުން ތިރީހަކަށް އަހަރު ފަހަތަށް ޖެއްސުންކަމަށް ވިދާޅުވެ، ޝަރީފް ވަނީ މި ގަރާރު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޮމިއުނިޒަމަކީ މިހާރު ފެއިލް ވެފައި އޮތް ނިޒާމެއް. އެއީ ކިތަންމެ ކަރުދާހުގައި އޮމާންކޮށް، ރީތިކޮށް އޮވެފައި، ހަމަހަމަ ފުރުސަތާއި ރައްޔިތުންގެ ތެރޭގައި އެއްވެސް މީހަކު ތަފާތެއްނުވާނެކަމާއި، މުޅި ގައުމުގެ ހުރިހާ ވަސީލަތްތަކަކަކީ އެއް ބައެއްގެ ތެރޭގައި މިލްކްވެރިކަން އޮންނަ އެއްޗެއްްކަމަށް ލިޔުނީމާ، ކަރުދާލުން ނިކަން އޮމާވެ، ރީތި.

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ތާއްޖެ ތަރައްގީގެ ގޮތުން މިހާ ހިސާބަށް އައިސް މިއޮތީ ވިޔަފާރިއަށް ފަހި، މިނިވަން މާހައުލެއް ގާއިމްވެފައި އޮތުމުންކަމަށެވެ.

ވިޔަފާރިކުރުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އެމީހުން ބޭނުން އަގެއްގައި އެއްޗިހި ވިއްކުމުގެ ފުރުސަތު ލިބެންޖެހޭކަމަށާއި، ނުދީފިނަމަ ގައުމީ އުފެއްދުންތެރިކަން ދަށަށްދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އޭނާ ވަނީ އަގާއި، އިމްޕޯޓު ކޮންޓްރޯލުކުރި ބައެއް ގައުމުތަކަށްވީ ގޮތުގެ މިސާލު ދައްކަވާފައެވެ. ޝަރީފް ވިދާޅުވީ އަގާއި، އިމްޕޯޓު ކޮންޓްރޯލުކުރުމުގެ ސަބަބުން އިންޑީއާގެ ގައުމީ އުފެއްދުންތެރިކަން އެތައް އަހަރުތަކެއް ވަންތައް 300 ޑޮލަރަށް ނާރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: